ބިރަކާއި ނުލައި މަޖާކުރާ ބިލުވެސް ދައްކަން މިޖެހެނީ ދައުލަތުން: މަލީހު

ބިރަކާއި ނުލައި މަޖާކުރާ ބިލުވެސް ދައްކަން މިޖެހެނީ ދައުލަތުން: މަލީހު

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2021 10:52
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުލަތުން ބޮޑު ޚަރަދެއް ކުރަމުންދާއިރު، ހަފްތާ ބަންދުގައި މެމްބަރުން ކުރާ ދަތުރުތަކުގެ ޚަރަދުވެސް ދައުލަތުން ދައްކާ ގޮތަށް ހެދުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ކުރީގެ މިނިސްޓަރ މަލީހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިފައިވާ ނިންމުމަށް ފާޑުވިދާޅުވެ މަލީހު ވިދާޅުވީ މެމްބަރުންނަށް ދައުލަތުން ބޮޑު އިނާޔަތްތަކާއި، މުސާރަތަކެއް ކަނޑައަޅާފައިވާއިރު، އަމިއްލަ ދާއިރާއަށް ކުރާ ދަތުރު ރަސްމީކޮށް އެޚަރަދުވެސް ދައުލަތުން ކުރަންޖެހުމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. މިހާރުވެސް ބަޖެޓުގެ ދަރަނި 100 ބިލިޔަނާއި ކައިރިވެފައިވާއިރު މިކަމަށް ވިސްނައި ކަންކަން ނިންމާ ތަނެއް ނުފެންނަ ކަމަށް މަލީހު ވިދާޅުވިއެވެ.

މަޖިލިސް މެމްބަރުންގެ ބޮޑު މުސާރަ ކަނޑައަޅާފައިވަނީ ތިޚަރަދުތައް ހިމަނޭގޮތަށް. ހެދުނު ހޭލާފަ ރަށަށް ދާ ޓިކެޓް ދައުލަތުން، ބިރަކާއި ނުލައި މަޖާކުރާ ބިލް ރަސްމީ، ވީކެންޑް ދަތުރު ރަސްމީ. އަބަދު ޗުއްޓީގައި. ދަރަނި 100 ބިލިޔަނާއި ކައިރި ކުރަނީ.

– މަލީހު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓިން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، މަޖިލީހުގެ ޤަވާއިދަށް ރިޔާއަތްކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މަޖީލީހުގެ ޤަވާިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްޖަލްސާއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށްް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުންްް ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށްް ދެވިދާނެކަމަށެވެ.

ރައްޔިންތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާއެވެ. މުސާރައިގެ އިތުރަށް މެމްބަރުންނަށް 40،000 ރުފިޔާއާ ހަމައަށް އެލަވަންސްވެސް ލިބެއެވެ. އެއީ 20،000 ރުފިޔާގެ ލިވިންގް އެލަވަންސާއި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއެވެ. އޭގެ ތެރެއިން ކޮމިޓީ އެލަވަންސަކީ މެމްބަރުގެ ކޮމިޓީ ހާޒިރީއަށް ބަލާފައި ދޭ އެލަވަންސެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
Dhaulathu mihaagina laarikaalaigen mimeehun gongadehtha migannanee kihaabodu balaaveri kamehtha mee