މިއަދު ސަރުކާރު ހުޅުވާފަ ބެހެއްޓުމަކޭ، ސަރުކާރު ބަންދުކޮށްފައި ބޭއްވުމަކީ އެއްވެސް ތަފާތެއް ނެތްކަމުގައި ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގެންނާއި، ރޯދަމަހާއި ގުޅިގެން ސަރުކާރު ދެ ދުވަހަކަށް ބަންދުކުރިކަން ރައީސް އޮފީހުން ހާމަ ކުރެއްވުމުން މަލީހު ވިދާޅުވީ ސަރުކާރު ހުޅުވާފައި އޮތަށް ބަންދުކޮށްފައި އޮތަސް ރައްޔިތުންނަށް ވާފައިދާއެއް ނެތްކަމަށެވެ. މިސަރުކާރުގެ އިސްވެރިން އުޅެނީ ރައްޔިތުންނަށް ފިލައިގެން ރައްޔިތުންނާއި ދުރުން ކަމަށާއި، ޚިދުމަތެއް ނުދެވި ރައްޔިތުން ތިބީ ވަރަށް ހާލުގައި ކަމަށް މަލީހު ވިދާޅުވިއެވެ.
އަދި ފެނިގެންދަނީ މުޅި ސަރުކާރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒާއި ބާރުވެރިކަން އިންތިހާއަށް ފޯރުވައި، މުޅި އޮޑީގައި ނަޝީދުގެ ނުފޫޒު އޮތްތަން ކަމަށެވެ.
ސަރުކާރު ހުޅުވާފަ ހުރުމެކޭ ލައްޕާާފަ ހުރުމެކޭ ތަފާތެއްނެތް. ރައްޔިތުންނަށް ހަމަ އެއްތާކު. ރައީސް ފިއްލަވައިގެން. ނައިބު ރައީސް ނުފެނޭ. ސަރުކާރު ހުއްޓިފި. މުޅި ދައުލަތަކީ ތިމަން ކަމަށް ދެކިގެން އެލެކްސްގެ ދެފައި މުޅި އޮޑީގައި. އެމްޑޭޕީ އާންމު މެމްބަރުން ރުޅިއައިސްފި. ފެއިލް.
– މަލީހު ވިދާޅުވިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އިންތިހާބާ ގުޅޭ މަސައްކަތެއްގައި ގިނަ އަދަދެއްގެ ސަރުކާރުގެ މުއައްޒަފުން ހަރަކާތްތެރިވާތީ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރުން މި އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 13 ވަނަ ދުވަސް ކަމަށް ދައްކާތީ އަންނަ ހަފްތާގެ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އާންމުކޮށް އިންތިހާބުތަކުގައި 3،000 އެއްހާ އޮފިޝަލުން ބައިވެރިވި ނަމަވެސް މިފަހަރު އެއަށް ވުރެ ގިނައިން އޮފިޝަލުން ބޭނުންވާ ކަމަށް އީސީން ބުންޏެވެ. އެގޮތުން މާލޭގައި އެކަނިވެސް 2،000 އަށް ވުރެ ގިނަ އޮފިޝަލުން މި އިންތިހާބުގައި ހަރަކާތްތެރިވާނެއެވެ.
ކޮމެންޓު ފޮނުވާ