މި އިންތިޚާބަކީ ރައްޔިތުންގެ ބާރުތައް އަތްމަތިކުރުމަށް ލިބޭ ފުރުސަތެއް: ނަޝީދު

މި އިންތިޚާބަކީ ރައްޔިތުންގެ ބާރުތައް އަތްމަތިކުރުމަށް ލިބޭ ފުރުސަތެއް: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 04:36
0

ސިޔާސީ ޚަޔާތުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންދިޔައީ ލާމަރުކަޒީ ނިޒާމަކަށް ކަމަށާއި، އޮބަހައްޓާ ހިފެހެއްޓުމުގެ ކަސްތޮޅުން ރާއްޖެ މިނިވަންކުރީ އެމްޑީޕީން ކަމުގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް މާލޭގެ މެނިފެސްޓޯގައި ރައީސް ނަޝީދު ދެއްވި ޚާއްސަ މެސެޖްގައި ވިދާޅުވީ ބާރު އެއްކޮށް، މީސްތަކުން އޮބަހައްޓާ ހިފެހެއްޓުމުގެ ކަސްތޮޅުން މި ދިވެހިރާއްޖެ މިންޖުކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ދިވެހިންގެ އާންމު ހާލަތު ތަނަވަސްވާން އޮތް އެންމެ އައުލާކަން ބޮޑު އެއްގޮތްކަމަށާއި، އެމް.ޑީ.ޕީ އަބަދުވެސް ވަކާލާތުކުރަނީ ރަށްރަށަށް ބާރުތައް ދޫކޮށްލުމަށް ކަމަށެވެ. އަދި މި އިންތިޚާބަކީ އެ ބާރުތައް އަތްމަތިކުރުމަށް ރައްޔިތުންނަށް އޮތް ފުރުސަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަލިވިލެން މިދަނީ މުޅިން އެހެން ފަތިހަކަށް. ރަށްވެހިކަމުގެ މާ ތަނަވަސް ތަޖުރިބާތަކަކަށް. އަތޮޅުގެ ނުވަތަ ސިޓީގެ ނުވަތަ ރަށުގެ ސަރަހައްދު ކަނޑައެޅި، އެސަރަހައްދެއްގައިވާ އެންމެހާ ގުދުރަތީ ވަސީލަތްތަކާއި، ބިމާއި، ރުއްގަހާއި، ފަޅާއި، ފަރު އަދި ކަނޑުވެސްމެ، އެސަރަހައްދެއްގެ ރަށްވެހިންނަށް މިލްކުކޮށްދޭނެ ފަތިހެކަށް. ދިވެހިރާއްޖެ އަލިވިލެން މިދަނީ މާބޮޑު ބަޖެޓާއި، މާގިނަ ބާރު ލިބިފައިވާ ކައުންސިލްތަކެއް ފަރިވެ ފޮޅޭނޭ ފަތިހަކަށް. އަންހެނުންގެ ބައިވެރިވުން ތަމްސީލުވާނޭ ކައުންސިލްތަކެއް ދެކޭނޭ ޗާލާ ޒަމާނަކަށް.

– ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތަކުގައި ހިންގާ އެންމެހާ ކަންކަމީ އެ ރަށްރަށުގެ ރަށްވެހިން އެދިގެން އެމީހުންގެ ބޭނުންތަކާއި، އެދުންތަކާއި، ކުރިއެރުމާއި، މުއްސަނދިކަމަށް ހިންގޭ ކަންކަމަށްވެގެންދާނެ ފަތިހަކީ ކުރިއަށް މިއޮތް ކައުންސިލް އިންތިޚާބުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ފުރިހަމަ އަޣްލަބިއްޔަތު ހޯދާ ފަތިހެއް ކަމުގައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް ދިވެހިރާއްޖޭގެ ރަށްތަކުގެ ތަރައްޤީގެ އެންމެހާ މަސައްކަތް ހިންގުންކަމަށާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އަދި 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައިވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދެމުން ގެންދިޔައީ ލާމަރުކަޒީ ނިޒާމު ފުރިހަމަ ކޮށްދޭނެކަމުގެ ޔަޤީންކަމުގެ މައްޗަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ނުވަތަ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ކަންކަން ހިންގުމުގެ ރަށްވެހި އުސޫލަކީ އަބަދުވެސް ހަމައެކަނި އެމް.ޑީ.ޕީ ވަކާލާތު ކުރަމުން އައި އުސޫލެއްކަމަށާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކާލާތުކުރަމުން ގެންދިޔައީ ވެރިރަށުގައި މަރުކަޒުވެފައިވާ ބާރުތައް ދޫކުރުމުގެ ހަމަތަކުގައި ޤާނޫނުއަސާސީ އެކުލަވާ ނުލުމަށްކަމަށާއި، ނަމަވެސް މިބާރުތައް ދޫކޮށްލަން އުޅެނީ އެމްޑީޕީންކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
ދިވެހި އެންމެހާ ރަށްޔިރުންނޭ އެމްޑީޕީ މީހުންދަށްކާނީ ހުވަފެންތަކެއް ވޭތުވެދިއަ 11 އަހަރުވެސް ދެއްކީ ގުނބޯ ހުވަފެން ހަންޑިބޭ ދަށްކާ ވާހަކައަށްނުހެއްލޭތި ޥޯޓުނުދޭތި ހުރިހާފައިސާތަށް ކައިހުސްވެއްޖެ