އަންނަ ހަފްތާގެ އާދީއްތަ، ހޯމަ ސަރުކާރު ބަންދު

އަންނަ ހަފްތާގެ އާދީއްތަ، ހޯމަ ސަރުކާރު ބަންދު

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 04:14
0

އަންނަ ހަފްތާގެ އާދީއްތަ ދުވަހާއި ހޯމަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާނެތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ބުނެފައެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ކަލަންޑަރުގައިވާ ގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް، މި އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހަށް ވެއްޖެނަމަ، މި އެޕްރީލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއވެެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަނަ ހޮނިހިރު ދުވަހުގައެވެ. އަދި ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފްތާގެ އަންގާރަ ދުވަސް ކަމުގައި ކަލަންޑަރުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.