އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމުގައި އިދާރީ ގޮތުން ކުރިމަތިވި މައްސަލަތައް ހައްލުވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށިތައް ބެހެއްޓުމަށް މިހާރު ސުވާލުތަކެއް އުފެދިފައިވަކަމަށް މީގެ އިރުކޮޅެއް ކުރިން ބުނެފައެވެ. އަދި މީޑިޔާތަކުގަިއ ޚަބަރު ދައުރުވާން ފެށިތާ އިރުކޮޅެއް ނުވަނީސް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ މިމައްސަލަ ހައްލުކޮށްދެއްވައި، އިލެކްޝަނަށް ދޭންޖެހޭ ހުއްދަތައް ދީފައެވެ.
ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށިތަކުގެ ކައިރީގައި އޮފިޝަލުން ބޭތިއްބުމަށް ދިމާވި މައްސަލަ މިހާރު ސަރުކާރުގެ ކަމާއި ގުޅުންހުި އިދާރާތަކުން ހައްލުކޮށްދެއްވާފައެވެ.
މިފަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހެއްޓުމަށް ހަމަޖެހިފައިވަނީ އިންޑިޔާ އަދި ސްރީ ލަންކާގައެވެ. ލަންކާގައި 4 ފޮށި ބހެއްޓުމަށް ހަމަޖެހިފައިވާއިރު، އިންޑިޔާގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެއްފޮޓެވެ.
ކޮމެންޓު ފޮނުވާ