ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ރިޒްމީން އިދްރީސްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ޤާޟީ ރިޒްމީން އިދްރީސް އާއި ގުޅޭގޮތުން ބަލަމުންދަ ސުލޫކީ މައްސަލައަކީ ދަޢުވާކުރާ ފަރާތް ތަމްސީލުކުރުމަށް ކޯޓަށް ވަކީލަކު ހާޒިރުވެ ހުރިއިރު، ވަކީލުގެ ޣައިރު ހާޒިރުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ އެކޮމިޝަނަށް ހުށަހަހެޅިފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް ވަނީ އެކުލަވާލާފައިވަކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ