އިންތިޚާބަށް ކެމްޕެއިން ކުރަން ދައުލަތުގެ ވަސީލަތް ބޭނުން ނުކުރެވޭނެ: މަލީހު

އިންތިޚާބަށް ކެމްޕެއިން ކުރަން ދައުލަތުގެ ވަސީލަތް ބޭނުން ނުކުރެވޭނެ: މަލީހު

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2021 08:24
0

އިންތިޚާބަށް ކެމްޕެއިން ކުރުމަށް ދައުލަތުގެ ވަސީލަތް ބޭނުން ނުކުރެވޭނެ ކަމުގައި ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އިސްބޭފުޅުން ސަރުކާރުގެ މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ރަށްރަށަށް ގޮސް ކެމްޕެއިން ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ. ދައުލަތުގެ ފައިސާއިން ރައްްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުތަކަކީ އެފުރުސަތު އިދިކޮޅު ފަރާތްތަކަށްވެސް ލިބެންޖެހޭ ކަމެއްކަމަށް މަލީހު ވިދާޅުވިއެވެ.

ވެރިކަންކުރާ ޕާޓީ އަދި ވެރިކަން ކުރާ ޕާޓީ ޖަވާބުދާރީ ކުރުވާ ޕާޓީ ހިންގަން ލާރި ދެނީ ދައުލަތުން. ޓެކްސް ޕޭޔަރުން. އިންތިޚާބަށް ކެމްޕެއިން ކުރަން ދައުލަތުގެ ވަސީލަތް ބޭނުން ނުކުރެވޭނެ. ދައުލަތުން ޚަރަދުކުރާ ތަރައްޤީގެ މަޝްރޫޢުތަކަށް އިދިކޮޅަށްވެސް ދައުވަތު ލިބެންޖެހޭ.

– މަލީހު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިޚާބާއި ދިމާކޮށް ސަރުކާރުގެ އެތައް މަޝްރޫޢުއެއް ކުއްލިއަކަށް އުފަންވެ، ރަށްރަށުގައި އެކި މަޝްރޫޢުތައް އިފްތިތާހު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލާއި އިދިކޮޅު ފަރާތްތަކުންދަނީ ހުއްޓުމެއްނެތި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.