ފޭސްބުކް ބޭނުންކުރާ 86،000 ދިވެހިންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

ފޭސްބުކް ބޭނުންކުރާ 86،000 ދިވެހިންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2021 11:21
0

ސޯޝަލް މީޑިޔާގެ އެންމެ ވަރުގަދަ އެއް ވަސީލަތް ކަމުގައި ފޭސްބުކް ބޭނުންކުރާ ދިވެހިންގެ ތެރެއިން 86،000 ދިވެހިންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފިއެވެ.

ފޭސްބުކް ބޭނުން ކުރާ މީހުންގެ ތެރެއިން 533 މިލިއަން މީހެއްގެ ޒާތީ މައުލޫމާތު ލީކް ކޮށްލާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ފޭސްބުކްގެ ބަލިކަށި ސަލާމަތީ ފިޔަވަޅެއްގެ ބޭނުންކޮށްގެން ހެކަރުން ހޯދާފައި ހުރި މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކްގައި ރަޖިސްޓްރީވާން ބޭނުންކުރާ ޒާތީ މައުލޫމާތުތައް ހިމެނެއެވެ. ލީކް ކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ފޯން ނަމްބަރާއި، ފޭސްބުކް ޕާސްވޯޑް ރީސެޓް ކުރަން ބޭނުންކުރާ ޑާޓާ އާއި ފޭސްބުކް އައިޑީ އާއި ފުރިހަމަ ނަމާއި، އުފަންދުވަހާއި އަދި ބައެއް މީހުންގެ އީމެއިލް އެޑްރެސްތައް ވެސް ހިމެނެއެވެ.

ލީކްކޮށްލާފައިވާ މައުލޫމާތުތަކަކީ ފޭސްބުކްގައި ކުރިން އޮތް ސަލާމަތީ ގޮތުން ބަލިކަށި ތަންކޮޅެއްގެ ބޭނުންކޮށްގެން 2019 ވަނަ އަހަރު ވަގަށް ނަގާފައިވާ މައުލޫމާތުތަކެކެވެ.

އިންޓަނެޓަށް ދޫކޮށްލި 500 މިލިޔަނަށް ވުރެ ގިނަ މީހުންގެ މައުލޫމާތުގެ ތެރޭގައި 106 ގައުމެއްގެ މީހުން ހިމެނޭ އިރު، އެމެރިކާ އާއި ޔޫރަޕްގެ ގިނަ އަދަދެއްގެ މީހުން އޭގެ ތެރޭގައި ހިމެނެއެވެ. އެގޮތުން އެމެރިކާގެ 32 މިލިއަން މީހެއްގެ މައުލޫމާތާއި ޔޫރަޕްގެ 11 މިލިޔަން މީހުން އަދި އިންޑިއާގެ ހަ މިލިޔަން މީހުންގެ މައުލޫމާތު އޭގެ ތެރޭގައި ހިމެެނެއެވެ.

މައުލޫމާތުތައް ލީކްވުމާއި ގުޅޭ ގޮތުން ފޭސްބުކް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.