އައްޑޫ ސިޓީ މީދޫ އަދި ހުޅުދޫ ރައްޔިތުންނަކީ ބާކީވެ އެކަހެރި ވެފައިވާ އަށްތަކެއް ކަމަށް މީގެ ކުރިން ދެކުނު ނަމަވެސް ރައީސް ޞާލިހު އެކަމަށް ނިމުން ގެނެސް ދެއްވާފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫ މީދޫ އައި ހުޅުދޫ އަކީ އެކި ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލެ ސަމާލުކަން ނުދެވި އޮތް ދެ އަވަށެވެ. ނަމަވެސް އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ރައީސް ޞާލިހު ވަނީ ވައުދު ވެވަޑައިގެންފައެވެ. ރައީސް ޞާލިހުގެ ވައުދާ އެއްގޮތަށް މިހާރު އެދެ އަވަށުގައި ގެންދަނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ ވިދާޅުވީ މިކަން ސާބިތުވެގެންދަނީ ރައީސް ޞާލިހު އައްޑޫ، މީދޫ އަދި ހުޅުދޫ ރައްޔިތުންނާއި މެދު ހުރި ގާތްކަމާއި ދެއްވާ ސަމާލުކަން ކަމަށެވެ. އަދި މިފެށުނު މަސައްކަތްތަކާއިއެކު ކުރިއަށް އޮތް ތަނުގައިވެސް މި ދެ އަވަށުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގައި ބާކީ ވެފައި އޮތްކަމަށް މީހުން ދެކެމުން އައި މީދޫއާއި ހުޅުދޫއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދިރުން ގެނެސް ދެއްވައިފި! އެތަައް ޕްރޮޖެކްޓުތަކެއް މި 2 އަވަށުގައި މިސަރުކާރުން ކުރިއަށް އެބަގެންދޭ! މީދޫ/ހުޅުދޫ ރައްޔިތުންގެ ނަމުގައި މަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަން.
– ރޮޒޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގެ ފޭސް 1ގެ ޢަމަލީ މަސައްކަތް މިއަދު އެމްޓީސީސީން ވަަނީ ފަށާފައެވެ. މިމަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 97 މީޓަރުގެ ބަނދަރު ތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތަކީ 68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ އިތުރުން މިއަދު ވަނީ އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފައެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަށް ފެށުމުގެ ރަސްމިއްޔާތުގައި އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީދޫގެ ބިމުން ބޮޑު ބައެއް ގިރަމުންގޮސް ބިމުން ބޮޑު ބައެއް މިހާރު ގެއްލިފައިވާކަމަށެވެ. އެކި ސަރުކާރުތަކުގައި މި މައްސަލަ ސަމާލުކަމަށް ގެނައި ނަމަވެސް މިހާތަނަށްވެސް، އެއްވެސް ސަރުކާރެއްގައި މިކަމަށް ހައްލު ހޯދިފައި ނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ނަމަވެސް މިކަމަށް ދާއިމީ ހައްލެއް ގެނެވެންދެން، ގިރާ މައްސަލައަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމީކަމަށާއި، މި މައްސަލައަށް ދާއިމީ ޙައްލެއް ލަސްނުކޮށް ހޯދައިދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ