އެމްޑީޕީން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ލާމަރުކަޒީ ނިޒާމު ނައްތާލަން: ޖަމީލް

އެމްޑީޕީން މިހާތަނަށް މަސައްކަތް ކޮށްފައިވަނީ ލާމަރުކަޒީ ނިޒާމު ނައްތާލަން: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2021 08:15
0

އެމްޑީޕީއަށް ވެރިކަން ލިބި ފާއިތުވެދިޔަ މާޒީގައި ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލައި، ނިޒާމު ފުޑުފުޑު ކޮށްލުން ނޫންކަމެއް އެމްޑީޕީން ކޮށްފައި ނުވާކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދާރީ ދާއިރާތައް ހިންގުމުގެ ބާރުތައް ދޫކޮށްލައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއިއެކު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ ވާދަވެރި އަދި ސަރުކާރަށް ބޮޑު އިމްތިހާނަކަށް ވަނީ ވެފައެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް ބާރުތައް ދޫކޮށްލައި ލާމަރުކަޒީ އުސޫލުން ހިންގުމަށް ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ މާޒީގައި އެމްޑީޕީން މަސައްކަތް ކޮށްފައިވަނީ މި ނިޒާމު އެކީ ނައްތާލުމަށް ކަމަށެވެ.

ލާމަރުކަޒީ ސިފައެއްގައި ކަންކަން ކުރުމުގެ ބަދަލުގައި އެމްޑީޕީން މަސައްކަތް ކޮށްފައިވަނީ ކައުންސިލްތުގެ މައްޗަށް އިތުރު ފަށަލަ ތަކެއް އުފައްދައި، ޕްރޮވިންސް ހަދައިގެން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އޮތް ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމު ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ލާމަރުކަޒީ ނިޒާމް ނައްތާލަން އެމްޑީޕީން ފާޅުގައި މަސައްކަތްކުރި. ޕްރޮވިންސް ހަދައި އެތައް ފަށަލައެއްގަައި ރައްޔިތުން ތާށިކުރުވި. އަތޮޅު އެކައުންޓްތަކުން ފައިސާ ދަމައިގަތް. 3 ދައުރުވީއިރު މާލެ އާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ފެނުނީ އެމްޑީޕީން ތަރައްޤީގެ ނަމުގައި ސަކަރާތްޖަހާތަން.

– ޖަމީލް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުދޫކުރަން ޖެހެއެވެ. ނަމަވެސް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ކުރިމަތި ވެއްޖެނަމަ ބާރުތައް ދޫނުކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. އަދި މިހާރުވެސް ވިސްނަމުންދަނީ އިންތިޚާބުން ބަލިވެއްޖެނަމަ ބާރުތައް އަލުން އިޔާދަކޮށް، މަރުކަޒީ ސިފައެއްގައި ހިންގުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަންނަ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ކެމްޕެއިން ކރުމުގެ ފުރުސަތު ސަރުކާރުންވެސް އަދި އިލެކްޝަނުންވެސް ތަނަވަސް ކޮށްދީފައި ނުވެއެވެ. ނަމަވެސް އެމްޑީޕީން ދަނީ ސަރުކާރުގެ އެކި މަޝްރޫއު ހިންގުމުގެ ނަމުގައި ސިޔާސީ ބޮޑެތި އިވެންޓުތައް އަތޮޅު ތެރޭގައި ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.