އައްޑޫ ސިޓީ މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިއަދު ސ. މީދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސ. މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްއާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް ޝިފާޒު އަލީއާޢި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ މެމްބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި، ހުޅުދޫ ދާއިރާގެ މެމްބަރާއި، އައްޑޫ ސިޓީގެ މޭޔަރއާއި، އެމްޕީއެލްގެ ސީއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން، 848,1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކުރި މި މަޝްރޫޢަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުނީ 25 މާރޗް 2021 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ