މުއިއްޒުއަށް އަޝްފާގު ތާއީދު ކުރިކަން ހާމަކުރުމުން އެކަން އިކްރާމް ކުށްވެރިކޮށްފި

މުއިއްޒުއަށް އަޝްފާގު ތާއީދު ކުރިކަން ހާމަކުރުމުން އެކަން އިކްރާމް ކުށްވެރިކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2021 07:21
0

މުއިއްޒުއަށް އަޝްފާގު ތާއީދު ކުރިކަން ހާމަކުރުމުން އެކަން އިކްރާމް ކުށްވެރިކޮށްފިއެވެ.

މާލެ ސިޓީ މޭޔަރުގެ މަޤާމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޓިކެޓްގައި ވާދަކުރައްވާ ޑރ.މުއިއްޒުއަށް ޤައުމީ ކެޕްޓަން އަޝްފާޤު ތާއީދު ކުރެއްވިކަން ޑރ.މުއިއްޒު އިއުލާން ކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ މިއީ މުއިއްޒު ކޮށްފައިވާ ވަރަށް ދެރަވަރު ކަމެއްކަމަކަށެވެ. މިކަމުން ދޭހަވަނީ ރާއްޖޭގެ ބަތަކުން ސިޔާސީ ކުރުމަށް ކުރާ މަސައްކަތް ކަމުގައެވެ.

ޤައުމީ ބަތަލުން ގޮތުގައި ދިވެހިން ދެކެމުން އަންނަ އަލީ އަޝްފާޤު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ބައިވެރި ކުރުވުމުން ސާބިތުކޮށްދެނީ ކެނޑިޑޭޓު އަމިއްލަ ސިޔާސީ މަންފާއަށް ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެކަން. މުއިއްޒުގެ މިއަމަލު ކުށްވެރި ކުރަން.

– އިކްރާމް ވިދާޅުވިއެވެ.

އަޝްފާޤު ޑރ،ުއިއްޒުއަށް ތާއީދު ކުރުމަށް ނިންމިކަން އިއުލާން ކޮށްފައިވަނީ ރޭގައެވެ. އަޝްފާޤުގެ ނިންމުމާއި ގުޅިގެން ޑރ.މުއިއްޒު ވަނީ އަޝްފާގަށް ޝުކުރު ދަންނަވާފައެވެ. އަދި އޭނާއަކީ ޤައުމު އެމީހަކަށްޓަކައި އަބަދިވެސް ފަހުރުވެރިވާ ޤައުމީ ބަލަތްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަޝްފާޤް މުއިއްޒުއަށް ތާއީދު ކުރިކަން ހާމަކުރިއިރު، ބުރާސްފަތި ދުވަހުގެރޭ މާލެ ސިޓީއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރާއި ރައީސް ނަޝީދުވެސް ވަނީ އަޝްފާޤާއި ބައްދަލުކޮށްފައެވެ. ނަމަވެސް އަޝްފާޤު އަނަސްއަށް ތާއީދު ކުރިކަމެއް އަދި އެފަދަ އިޝާރާތެއްވެސް ދީފައި ނުވެއެވެ.

ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ.

ނަމަވެސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

K Koio
Ikuraamu kae ekanueh noon hajamu nuvanee MDP emmen bes e ulhenee ekamaa hajamu nukirevigen Nidheneekee noon keveneekeeves nooney???????
ހ ހަނާ
ashfag akee ppm ah soi kohfa huri ppm ge member eh