ރޭޕްކުރުމާ ދެކޮޅަށް މާލޭގެ އެކި ސަރަހައްދުގައި މުޒާހަރާކުރަނީ، ބައެއްމީހުން ހައްޔަރުކޮށްފި

ރޭޕްކުރުމާ ދެކޮޅަށް މާލޭގެ އެކި ސަރަހައްދުގައި މުޒާހަރާކުރަނީ، ބައެއްމީހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2021 05:02
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ހުކުރު ދުވަހު ބާއްވާ އިހްތިޖާޖުގެ ތެރެއިން މިއަދު ރޭޕްކުރުމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ މަލޭގެ އެކި ސަރަހައްދު ތަކުގައި ކުރަމުންދާއިރު، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފަށައިފިއެވެ.

މުޒާހަރާގެ ތެރެއިން މިއަދު ގިނަ އަދަދަކަށް ހައްޔަރުކޮށްފައިވަނީ އަންހެން ކަނބަލުންނެވެ. ރޭޕްކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހުނީ އަދުގެ ސަރުކާރަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްކުުރުމާ ދެކޮޅަށް ޒީރޯޓޮލަރެންސް ދިނުމުގެ ނަމުގައި އައި ސަރުކާރަކަށް ވީނަމަވެސް އޭގެބަދަލުގައި އެފަދަ އަމަލުތަކަށް ސަރުކާރުގެ ތެރެއިން ހިތްވަރުދޭތަން ފެންނަމުންދާތީ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން ޖިންސީ ގޯނާގެ ތުހުމަތު ތަކެއް ކުރެވިގެން މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްތަރ ޢަލީ ވަޙީދު ސަރުކާރުގެ ތެރެއިން ޕްލޭން ކުރެވިގެން ރާއްޖެއިން ފުރުވާލާފައި ވާކަމާއި، ސަރުކާރުން އެންމެ ފުރަތަމަ މިނިވަންކުރި ކުއްވެރިއަކަށް، ޖިންސީގޯނާގެ މައްސަލައެއްގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ހޯރަ އިއްބެ ވެގެން ދިއުމީ ސަރުކާރުން މިފަދަ އަމަލުތަކަށް ހިތްވަރުދޭ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން މިހާރު ރ. މަޑުއްވަރީގައި ހިންގާފައިވާ ރޭޕްގެ މައްސަލާގައިވެސް އެއަމަލު ހިންގި މީހުން ހައްޔަރު ނުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލި މީހުން ހައްޔަރުކުރުމީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ ޝަމީމް
ޚިޔާލު ޝާއިރު ކުރަން ކެރޭނެތޯ؟ ޚަބަރު އޮންލައިނައް ޕީޕީއެމް ރޭޕް ކުރުމާއި ދެކޮޅައް މުޒާހަރާ ކުރާއިރު ކުޑަކުއްޖަކު ފަޅާލައިގެން 3 ދައުވާއެތް އުފުލާ ޝަރިޔައް ނިމެންދެން ބަންދުގަ ހުރިމީހަކަށް ޓިކެޓް ދީފަ މީ މަގޭ ރާއްޖެ ޖަހާފަ ކުރިޔައް އޮއް ލޯކަލް ކައުންސިލައް ނެރެފަ އެބަހުރި