މާލޭގެ ތިން ސަރަހައްދެއްގައި ޓެންޓު ޖަހައިގެން ވޯޓުލާނެ: އިލެކްޝަން

މާލޭގެ ތިން ސަރަހައްދެއްގައި ޓެންޓު ޖަހައިގެން ވޯޓުލާނެ: އިލެކްޝަން

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2021 04:40
0

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒު ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދެފަހަރެއްގެ މަތީން ފަސްކުރަންޖެހުނު ކައުންސިލް އިންތިޚާބުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީ އިލެކްޝަން ކޮމިޝަނުން ދަނީ ވަމުންނެވެ. އިންތިޚާބުގައި ގައިޑްލައިނާއިއެއްގޮތަށް ބާއްވަން މާލެ ސަރަހައްދުގައި ވޯޓުލުމަށް އިތުރު މަރުކަޒު ގާއިމްކުރުމުގެ މަސައްކަތްވެސް އިލެކްޝަން ކޮމިޝަނުން ދަނީ ކުރަމުންނެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މާލޭގެ 3 ސަރަހައްދެއްގައި ޓެންޓު ޖަހައިގެން ވޯޓުލާ މަރުކަޒު ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ޓެންޓު ޖަހައިގެން ވޯޓުލާ މަރުކަޒު ބެއްޓުމަށް ހަމަޖެހިފައިވަނީ މިފްކޯ ކުރިމަތީ އޮންނަ ޔޫތު މިނިސްޓްރީ ހުސްބިމުގައި 30 މަރުކަޒު، ކުރީގެ ދަރުމަވަންތަ ސްކޫލު ގޯތި ތެރޭގައި 5 މަރުކަޒު، ކާނިވާ ސްޓޭޖް ކުރިމަތީގައި 5 މަރުކަޒެވެ. ނަމަވެސް މިމަރުކަޒުތަކަށް ވޯޓުލާނީ ކޮން ދާއިރާތަކެއްގެ މީހުންނެއްކަމެއް އަދި ކަނޑައަޅާފައި ނުވެއެވެ.

މި އިންތިޚާބުގައި 3 ތަނެއްތައި ޓެންޓު ޖަހައިގެން ވޯޓުލާ މަރުކަޒު ޤާއިމް ކޮށްފައިވާނެ، މިފްކޯ ކުރިމަތީ އޮންނަ ޔޫތު މިނިސްޓްރީ ހުސްބިމުގައި 30 މަރުކަޒު، ކުރީގެ ދަރުމަވަންތަ ސްކޫލު ގޯތި ތެރޭގައި 5 މަރުކަޒު، ކާނިވާ ސްޓޭޖް ކުރިމަތީގައި 5 މަރުކަޒު.

– ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި ވޯޓްލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ މަހު އިއުލާންކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވޯޓުލާ މަރުކަޒު ތަކަށް ގެނެވުނު ބަދަލާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށްކަމަށެވެ. ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމައްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި އަދި އެއައްވުރެ އަދަދު މަދުކޮށްފައިވާނެކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.