އަބަދު ހާސްކަމުގެ ތެރޭގައި ބަންދުވެ ނީންނަވައި ޤައުމަށްޓަކައި ނަށާލައި ބޯހަމަ ޖައްސާލުމަށް އެސްޓޯއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުގެ ކިބައިން ރައީސް ނަޝީދު އެދިވަޑަިއގެންފިއެވެ.
މަޖިލީހުގެ އެމްޑީޕީގެ 3 މެމްމަބަރަކާއި، އަމްރު ނަށާ ވީޑިއޯ އާންމުވެ ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އަމްރު ވިދާޅުވެފައިވަނީ ކެމްޕެއިނަކީ އަބަދުވެސް ވަރަށް ފޯރީގައި ކުރާ ކަމެއްކަމަށެވެ. އެތަކެއް ދުވަސްތަކަކަށްފަހު ޕާޓީގެ މެމްބަރުންނާއި، އިސް ބޭފުޅުންނާއި ބައްދަލުވެ ކެމްޕެއިން ފޯރި ގަދަކޮށްލައި، ނަށާލައި ހަދާލުމަކީ އަބަދުވެސް ކުރާ އަދި ކުރަމުންދާ ކަންތައްތަކެއް ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
ގިނަ ދުވަސްތަކަކަށްފަހު ޕާޓީގެ އެކުގައި މަސައްކަތްކުތާ ގާތް ރަހުމަތްތެރިންނާއި ދިމާވެ ކެމްޕެއިންގެ ވާހަކަ ދައްކާލާ ރަށްވެރިފަތިސްގެ ލަވަޔަށް ނަށާލުމަކީ މައްސަލައެއްނޫން. އަބަދުވެސް ކެމްޕެއިން ތަކުގައި ކެމްޕެއިން ލަވަޖަހައި ބޮޑުބެރަށް ނަށާލާ އެންމެން އެކީ ކައި ހެދުމަކީ އާންމުކަމެއް.
– އަމްރު ވިދާވެފައިވެއެވެ.
އަމްރުގެ ވާހަތަކަށް ހިތްވަރު ދެއްވައި ރައީސް ނަޝީދު ގެންގުޅުއްވާ ފޭކް އެކައުންޓު އެލްކްސްގެ އެކައުންޓުން ކުރި ޓްވީޓުގައި ވިދާޅުވީ އަބަދު ހާސްކަމުގައި ނީއްނަވައި ބޯހަމަޖައްސާލަން ނަށާލާއި ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
އަމްރު އަސްލު ވަރަށް ސަޅި، އެހާ ތާސިވޭ، ތަޅުލެވި ބަންދުވެ އަބަދު އިންނެވީމާ ތަނަވަސް ޚިޔާލު ނުލިބޭނެ. ޤައުމަށްޓަކައި ނަށާލާ.
އެލެކްސްގެ ޓްވީޓާ އެކައުންޓުން ނަޝީދު ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.
Amr, Aslu varah salhi. Eyhaa thaashi vey, thalhulevi bandhu ve abadhu inneveema thanavas khiyaal nulibeyne. Qaumahtakaa nashaalaa ????
— Alex Ahmed (@anedhivehirajje) April 2, 2021
އާޒިމް ވީޑިއޯ އާއްމު ކުރަމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އަޅުގަނޑު މަސައްކަތް ކުރަނީ އެއްވެސް މީހަކަށް ވުރެ މޮޅަށް ނަށާކަށް ނޫން ކަމަށާއި އަޅުގަނޑު މަސައްކަތް ކުރަނީ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވުރެ މޮޅަށް ނަށަން ކަމަށެވެ. އެއީ ރަޝިއާގެ މަޝްހޫރު ކޮރިއަގްރާފަރެއް ކަމަށްވާ މީކާއީލް ބަރިޝިންކޯވް ބުނެފައިވާ ބުނުމެކެވެ.
އާޒިމް ވީޑިއޯ އާއްމު ކުރުމުން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމްގެ ޓްވީޓަށް ކޮމެންޓް ކުރި އެކަކު ވަނީ “ރައްޔިތުންތައް ބިކަވެފައި، ދަރަނިވެރި ވެފައި، ގޮތްހުސްވެފައި” ތިއްބާ މަޖިލީހުގެ އެންމެ ސީނިއާ މެންބަރުން މިހެން އުޅުއްވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ