ނަށާ ވީޑިއޯއިން ފެންނަ މީހުން ޓެސްޓު ކުރުމަށް މަލީހު ގޮވާލައިފި

ނަށާ ވީޑިއޯއިން ފެންނަ މީހުން ޓެސްޓު ކުރުމަށް މަލީހު ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2021 02:26
0

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ތިން މެމްބަރަކާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ނަށަނިކޮށް ނަގާފައިވާ ވޯޑިއޯ ހިއްސާ ކުރެއްވުމަށްފު އެމީހުން ޓެސްޓު ކުރެއްވުމަށް ކުރީގެ މިނިސްޓަރ މަލީހު ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ކިބައިން އެދި ވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) އަދި މެންބަރު އިލްޔާސް ލަބީބުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ނަށާ މަންޒަރު ފެންނަ ވީޑިއޯ އާންމު ކުރެއްވީ އަލީ އާޒިމްއެވެ.

މިވީޑިއޯއާއި ގުޅިގެން މަލީހުން ވިދާޅުވީ ޤައުމު ބޮޑު ދަރަނި އަދަވަޅަކަށް ވައްޓާލުމަށްފަހު އެމްޑީޕީގެ މެމްބަރުން އުފަލުން ނަށައި މަޖާކުރާ ސަބަބެއް ނުވިސްނޭކަމަށެވެ. މީހުން ނަށަނީވެސް އުފާވެރިކަމެއް ލިބުމުން ކަމަށާއި، މިއަދު ޤައުމުގައި ވަނީ ބޭއިންސާފާއި، އަނިޔާވެރިކަން އާންމުވެ އަދުލު އިންސާފު ގެއްލިފައިކަމަށް މަލީހު ވިދާޅުވިއެވެ.

ދަރަނި ހޯދާ ކޮޅު ނުފެންނަ ހިސާބުގައި، ބޮޑު އިންވެސްޓުމަންޓެއް ނުގެވުނު، ސަރުކާރު ފުލުސްޓޮޕެއްގައި، ބޭއިންސާފު ދަޢުވާ އާންމުވެއްޖެ، ވައްކަން އުންސުރު ހަމަނުވޭ، ރައްޔިތުން ހަނާވަނީ، ނަށަންވާނީ ނަޝާވަރުގެ ކަމެއް ވީމަތާ. ސީޕީ ހިތްވަރު ހުރިއްޔާ މިވެރިން ޓެސްޓް ކޮށްބަލަ.

– މަލީހު ވިދާޅުވިއެވެ.

އާޒިމް ވީޑިއޯ އާއްމު ކުރަމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އަޅުގަނޑު މަސައްކަތް ކުރަނީ އެއްވެސް މީހަކަށް ވުރެ މޮޅަށް ނަށާކަށް ނޫން ކަމަށާއި އަޅުގަނޑު މަސައްކަތް ކުރަނީ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވުރެ މޮޅަށް ނަށަން ކަމަށެވެ. އެއީ ރަޝިއާގެ މަޝްހޫރު ކޮރިއަގްރާފަރެއް ކަމަށްވާ މީކާއީލް ބަރިޝިންކޯވް ބުނެފައިވާ ބުނުމެކެވެ.

އާޒިމް ވީޑިއޯ އާއްމު ކުރުމުން ޓްވިޓާގައި ވަރަށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމްގެ ޓްވީޓަށް ކޮމެންޓް ކުރި އެކަކު ވަނީ "ރައްޔިތުންތައް ބިކަވެފައި، ދަރަނިވެރި ވެފައި، ގޮތްހުސްވެފައި" ތިއްބާ މަޖިލީހުގެ އެންމެ ސީނިއާ މެންބަރުން މިހެން އުޅުއްވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.