އެޗްޑީސީގެ ކޯލްސެންޓަރެއް ފުވައްމުލަކުގައި

އެޗްޑީސީގެ ކޯލްސެންޓަރެއް ފުވައްމުލަކުގައި

Author
ޢަލީ އާދަމް
01 އޭޕްރިލް 2021 01:27
0

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ކޯލްސެންޓަރެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި އެވެ.

ކޯލް ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ހޮޓްލައިން 1516 ވެސް ވަނީ ތަޢާރަފްކޮށްފަ އެވެ.

އެޗްޑީސީން ބުނީ ރާއްޖޭގެ އެއްމެ ބޮޑު އެއް ސިޓީ ކަމުގައިވާ ފުވަމުލައް ސިޓީގައި އެކުންފުނީގެ ކޯލް ސެންތަރެއް ހުޅުވީ، އެކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދަ އިތުރު ރަށްތައް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން 'ބިޔޯންޑް ހުޅުމާލެ' ގެ ދަށުން ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.

ހުޅުމާލެ ހިއްކާ ތަރައްޤީކުރުމަށް ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމުގައި ފުރަތަމަ އުފެއްދި އެޗްޑީސީގެ ނަމާއި މައްސްޢޫލިއްޔަތު ބަދަލުކޮށް މުޅި ރާއްޖޭގައި ހައުސިންގް މަސައްކަތްތައް ހިންގުމަށް އެޗްޑީސީން މިހާރު ކުރާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ނޫން ސަރަހައްދުތަކަށްވެސް އެކުންފުނީގެ މަސައްކަތްތައް ގެންދަނީ ފުޅާކުރަމުންނެވެ.

ހަމައެހެންމެ ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިއާ ތަރައްގީ ކުރަން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ހިނގަމުންދާނީ އެޗްޑީސީގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.