ފަރާ ޚާނާއި މާދުރީ ވެސް ރާއްޖޭގައި!

ފަރާ ޚާނާއި މާދުރީ ވެސް ރާއްޖޭގައި!

Author
ޢަލީ އާދަމް
01 އޭޕްރިލް 2021 10:44
0

ބޮލީވުޑްގެ މަޝްހޫރު ކޮރެއޮގްރާފަރ އަދި ޑައިރެކްޓަރ ފަރާ ޚާން އާއި މަޝްހޫރު އެކްޓަރ މާދުރީ ޑިކްޝިޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

މީގެ ތިންދުވަސް ކުރިން ފެށިގެން ފަރާ އޭނަގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރަމުންދަނީ ބަރޮސް މޯލްޑިވްސްގައެވެ. މާދުރީ އާއި އޭނާގެ ފިރިމީހާ ޑރ. ނޭނޭ އާއި 2 ދަރިންނާއެކު އަންގާރަ ދުވހުންފެށިގެން ޗުއްޓީހޭދަކުރަމުން އަންނަނީ ސޮނެވާ ޖާނީ ގައެވެ.

ފަރާ ޚާން އަންނަނީ އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ. ފަރާގެ މިޕޯސްޓްތަކަށް މާދުރީގެންދަނީ ކޮމެންޓް ކުރަމުންނެވެ. ފަރާ ރާއްޖެ އައިސްފައި މިވަނީ އޭނާއަށް 7 ވަނަ ފަހަރަށް ފިލްމްފެއަރ އެވޯޑް ލިބުނު ދުވަހާ ޖެހުނު ދުވަހުއެވެ.

 

View this post on Instagram

 

A post shared by Farah Khan Kunder (@farahkhankunder)

މާދުރީ ރާއްޖެއައިސް އިންސްޓަގްރާމްގައި ފުރަތަމަ ކުރި ޕޯސްޓަށް ފަރާ ޚާން ވަނީ ދިވެހި ރާއްޖެއަށް މަރުހަބާކިޔާ ކޮމެންޓް ކޮށްފައެވެ. މާދުރީއަށްވުރެ ގިނައިން ޑރ. ނޭނޭ ގެންދަނީ އެ އާއިލާގެ ޗުއްޓީގެ ފޮޓޯއާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

 

View this post on Instagram

 

A post shared by Dr Shriram Nene (@drneneofficial)

މާދުރީ ޗުއްޓީއަށް އައިސްފައި މި ވަނީ އޭނާ މިހާރު މަސައްކަތް ކުރަމުންގެންދާ "ޑާންސް ދިވާނޭ 3″ ގެ ސެޓުގައި މަސައްކަތްކުރާ 18 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވުމާގުޅިހެން ޝޫޓިންގއަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައިސްފައި ވަނިކޮށެވެ. އެކަމާގުޅިގެން މާދުރީ ހެދި ޓެސްޓުން އޭނާ ވަނީ ނެގެޓިވް ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.