ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 237،700 އަށްވުރެ މައްޗަށް

ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 237،700 އަށްވުރެ މައްޗަށް

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 10:30
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 237،700 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހީ 615 މީހުންނެވެ. އަދި  އަތޮޅު ތެރެއިން ވެކްސިން ޖެހީ 1،419 މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 237،716 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު ވަނީ 130،991 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 106،725 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި އަންނަނީ ވެކްސިން ޖަހާ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވަކްސިން ޖަހަމުންނެވެ. އެއީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. މީގެ ކުރިން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. ނަމަވެސް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ހުސްވުމުން މިހާރު ޖަހަމުން އަންނަ ސިނޮފާމް ވެކްސިނަކީ ޗައިނާއިން ހަދިޔާކުރި ވެކްސިނެވެ.

ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ. މިއަދު ވަނީ ރާއްޖެއަށް ފައިޒާ ވެކްސިން ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.