މިއީ އެންމެ ގިނަ މަޝްރޫޢު ހިންގި ސަރުކާރު، މިހާރުވެސް 1،200 މަޝްރޫޢު ކުރިއަށްދޭ

މިއީ އެންމެ ގިނަ މަޝްރޫޢު ހިންގި ސަރުކާރު، މިހާރުވެސް 1،200 މަޝްރޫޢު ކުރިއަށްދޭ

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 09:45
0

މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް، މަޝްރުޢުތައް ހިންގިފައިވާ އަދަދަކަށް މިސަރުކާރުން މިހާރުވެސް މަޝްރޫޢުތައް ހިންގަމުންދާކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ޙިއްސާކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙަންމަދު މަބްރޫކް އަޒީޒް ވިދާޅުވީ 1200 މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. އޭނާ ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ސަރުކާރަކަށް ދެ އަހަރުވީއިރު އެންމެ ގިނަ މަޝްރޫއު ހިންގި ސަރުކާރު ކަމަށެވެ. އަދި މިއީ ރާއްޖޭގައި އެއްވަގުތެއްގައި އެންމެ ގިނަ މަޝްރޫއު ކުރިއަށްދާ ވަގުތު ކަމަށްވެސް ވިދާޅުވިއެވެ.

1200އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިވަގުތުވެސް ފަށައިގެން އެބަ ކުރިއަށްދޭ. މިއީ ސީދާ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް މަޝްރުޢުތައް ހިންގިފައިވާ އަދަދެއް ނޫން.

– މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ ކުދި މަޝްރީޢުތަކުން ފެށިގެން ބޮޑެތި ގިނަ މަޝްރޫޢުތަށް ފަށައިގެން ކުރިއަށްދާކަމަށެވެ. ވަކި ރަށެއް ބާކީ ނުކޮށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ކުރިއަށްދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ތެރޭގައި ހިމަނައިގެން ރަށްރަށުގައި ހައްލު ނުވެ ހުރި ޒަމާންވީ މައްސަލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. އެގޮތުން ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނައްތާލުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިއަހަރުގެ ތެރޭގައި ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ފާއިތުވި މަސްދުވަހުގެ ތެރޭގައި 9 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. އަދި އިތުރު މުޅިން އާ 7 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ނިމުނު މަހު ފަށައިގެން ކުރިއަށްދާކަމަށެވެ. އަލަށް ފެށި މަސައްކަތްތަކުގައި ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާ، ފެރީ ޓަރމިމަލްތައް ހެދުމާ، ބަނދަރާ ރަށްރަށުގައި އައުޓް ޑޯ ޖިމްތައް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް މްބަރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރަށުގެ އާބާދީއަށް ބަލައިގެން އެއްވެސް ރަށެއް ތަފާތު ނުކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Narugish
Ige gina kanthahthakeh miv thin aharuge thereygai rahyyathunnah kohdheefa hurikan konkameh rahyyathunnah misarukaarun kohdhenee nuvaane ehkamehves onnaanee vaudu amalun dhahkabala
އ އައިސް
ކޮންތާކު ލޮލަށް ނުފެނި