އުނގޫފާރު މަގުތައް އެންމެ ޒަމާނީ ފެންވަރަށް، މަސައްކަތުގެ ނިމުމާއި ގާތަށް

އުނގޫފާރު މަގުތައް އެންމެ ޒަމާނީ ފެންވަރަށް، މަސައްކަތުގެ ނިމުމާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 02:09
0

ރ.އުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށް މިމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ދަނީ އުނގޫފާރުގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް ކުރާ މަސަައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ. އަދި މިމަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަކީ އެ ކުންފުނީގެ އެންމެބޮޑު އަމާޒެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުއަށް ވަނީ އިތުރު 4 މަގެއް ތަރައްޤީކުރުންވެސް ހިމަނާފައެވެ. އެހެންކަމުން އެ 4 މަގާއެކު 16،488 އަކަމީޓަރުގެ ސަރަހައްދެގައި، ޖުމްލަ 19 މަގެއްގައި ތާރުއަޅަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރ.އަތޮޅުގެ ވެރިކަންކުރާ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ފެންހިންދުމުގެ ނިޒާމާއި، މަގުބައްތިއާއި، ދުވެލިމަތަ ހެދުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ހަރުކުރުން ހިމެނެއެވެ. އެރަށު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.