ސީއެންއެންގެ މަޝްހޫރު ނިއުސް އެންކަރ ރިޗަރޑް ކުއެސްޓް ރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަ ދެއެވެ.
އޭނާ ޗުއްޓީއަށް ރާއްޖެއައީ މިދިޔަ ހުކުރު ދުވަހުއެވެ. ބެލެވޭ ގޮތުގައި ރިޗަރޑް މިވަގުތު ޗުއްޓީހޭދަކުރަމުންދަނީ ބ އަތޮޅުގެ ރިސޯޓެއްގައެވެ. ޓްވިޓަރ ގައި މީހަކު މިއަދު އާންމުކުރި ވީޑިއޯއެއްގައި ރާއްޖޭގެ މަޝްހޫރު ޑައިވް އިންސްޓްރަކްޓަރ ހުސެއިން ދީދީ އާއެކު ޑައިވްއެއް ކުރަން ދާން އުޅޭކަމަށް ރިޗަރޑް ވަނީ ބުނެފައެވެ.
"Here is a half man half fish and old brick ready to go down" @husendidi I am so proud of my dear brother with my favorite presenter @richardquest CNN BUSINESS. Proud day for #Maldives too. pic.twitter.com/y3sSzyqJ3c
— Indy Rasheed?? (@indyrasheed) March 31, 2021
ރިޗަރޑް ކުއެސްޓް އަކީ ކުޅަދާނަ ނިއުސް އެންކަރެއްގެ އިތުރުން ސީއެންއެން ބިޒްނަސްގެ އެޑިޓަރ އެޓް ލާޖް ވެސް މެއެވެ. ރިޗަރޑް ކުއެސްޓް ރާއްޖެއައުމްން ވެލާނާ އިންޓަނޭޝަންލް އެއަރޕޯޓް ލައުންޖުން އޭނާއަށް މަރުހަބާކިޔާ ހަދިޔާއެއް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ