ބްރޯޑްކޮމްއަށް ޝިފްލާއާއިއެކު 3 ނަމެއް

ބްރޯޑްކޮމްއަށް ޝިފްލާއާއިއެކު 3 ނަމެއް

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2021 10:04
0

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ނަމެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވައިފިއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ރައީސް އޮފީހުން ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރު އާމިނަތު ތަރާހަތު އިއްޒަތުގެ މަޤާމުގެ މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމަވާތީއެވެ. ބްރޯޑްކޮމްއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 3 ބޭފުޅުންކީ،

  • އަލްއުސްތާޒާ ފާތިމަތު ސައުޝަން
  • ޝިފްލާ އިބްރާހިމް
  • ޑރ. މުހައްމަދު އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި އިއްވި ނަންތައް ދިރާސާ ކުރެއްވުމަށް ވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކޮށްފައިވަނީ ފަޒީންއެވެ. އެކޮމިޝަންގައި ފަޒީންގެ އިތުރުން ހިމެނެނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ނައިބު ރައީސް އަޙްމަދު ގައިސް އާއި، މެންބަރު އާމިނަތު ސަރާޙަތު ޢިއްޒަތު އާއި، މެންބަރު އަމްޖަދު ވަހީދު އާއި، މެންބަރު ޢަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.