ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ރާއްޖެއަށް ގެނެވުނު ނިޒާމާއި އެންމެ ބީރައްޓެހި ޕާޓީއަކީ އެމްޑީޕީ ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ އެމްޑީޕީއާއި ވަރަށް ބީރައްޓެހި، އެމްޑީޕީއާއި ވަރަށް ނުފަރިތަ ނިޒާމެއްކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް އަދި ޖެހިގެން އައި އެހެން ވެރިކަން ތަކުގައިވެސް އެމްޑީޕީން ވަނީ ލާމަރުކަޒީ ނިޒާމު ފުޑާލާފައިކަމަށް ޖަމީލް ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑެތި އާބާދީތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެންމެ ބޮޑު ފުރުސަތެއް ލިބުނީވެސް އެމްޑީޕީއަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ހުރިހާ ސިޓީތަކެއް އެމްޑީޕީއަށް ލިބުނު އިރުވެސް ފެނިގެންދިޔައީ ކަންކަން ކުރަންނޭގި އަތޮޅު ވެރިކަންތަކުގައި ލިބުނު ވަރަށްވެސް ކުރިއެރުން ނުލިބި ފަހަތަށް ދިޔަ މަންޒަރުކަމަށެވެ.
ތިން ދައުރުގައި ކުރެވުނު ކަމަކީ މަގުމަތީގައި ކުނާ އަޅައިގެން މީހުންގެ ގޯތިތައް ނެގުމާއި، ހެސްކިޔާފަ ކަރެޕްޝަން ހިންގުމާއި، ޕާކީ މިއޮތް ދައުރުގައި ސިޓީ ކައުންސިލަކީ އެމްޑީޕީ ޖަގަހައެއް ކަމުގައި ހެދުމުން. މިއީ އެމްޑީޕީގެ ލާމަރުކަޒީ ނިޒާމު.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލް ވިދާޅުވީ އެމްޑީޕީއަކީ އާއިލީ ޖާހަތާއި އަމިއްލަ އެދުން އިސްކުރާ ޕާޓީއެއްކަމަށެވެ. އެމްޑީޕީން މިއަދު ހިންގަން އުޅުވާ ލާމަރުކަޒީ ނިޒާމަކީ ޖޭއެސްސީ ހިންގާ ގޮތަށް މިނިޒާމުވެސް ހިންގުންކަމަށެވެ. ޖޭއެސްސީއަކީވެސް މިއަދު އެމްޑީޕީގެ އައްޑާއަކަށް ވެފައިވާއިރު، އެލްޖީއޭއާއި، މުޅި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ މޮޑޭ ފުއްގަޑަކަށް ހެދުމަށް މަސައްކަތް ކުރާކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން އެމްޑީޕީގެ މާޒީއަށް ބަލައި އަދި މިހާރު ވެރިކަން ހިންގަމުންދާ ގޮތަކަށް ބަލައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ޑރ.ޖަމީލް ވަނީ ގޮވާލާފައެވެ.
ޖަމީލް ވިދާޅުވީ މިވެރިކަމުގައި އެންމެ ބޮޑަށް މިސަރުކާރުން ބާކީ ކުރީ އައްޑޫ ސޓީއާއި، ފޯއްމުލަކު ސިޓީކަމަށެވެ. މަޖިލީހުގެ ރައީސްކަން އައްޑޫ ބޭފުޅަކަށް ދޭން ނިންމުމަށްފަހު ފަހުވަގުތު ފެނުނީ ބޭބެއާއި، ކޮއްކޮއާއި ދެމީހުން އެތަންވެސް ހިސޯރު ކުރިތަންކަމަށެވެ. އައްޑޫއާއި ފޯއްމުމަލަކީ އެމްޑީޕީން ހަމައެކަނި ވޯޓު ހޯދަން ގެންގުޅޭ ދެ ސިޓީކަން ފާހަގަކޮށް ޑރ.ޖަމީލް ވަނީ އައްޑޫ ރައްޔިތުންނަކީ ހަމައެކަނި އެމްޑީޕީއަށް ވޯޓުލާން ތިބި ބަޔަކަށްނުވެ ތަރައްޤީ ގެނުވޭނެ އަދި ތަރައްޤީ ކޮށްފައިވާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ