ފާރިޝް އާއި އެކުވެރިން މޫދަށް ފޭބީ ސްނޯކްލިން އަށް

ފާރިޝް އާއި އެކުވެރިން މޫދަށް ފޭބީ ސްނޯކްލިން އަށް

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 10:06
0

ލ.އަތޮޅު ކައްދޫ ކައިރިން މިއަދު ހަވީރު މޫދަށް ފޭބ ި4 ސިފައިން މޫދަށް ދިޔައި އޮފް ޑިއުޓީގައި ސްނޯކްލިންއަށް ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.

ކައްދޫ ކައިރިން މޫދަށް ފޭބި ސިފައިންގެ 4 މީހެއްގެތެރެއިން ގެއްލިގެން ހޯދަމުންދިޔަ ލާންސްކޯޕްރަލް ޙުސައިން ފާރިޝް ކަނޑުއަޑީގައި މަރުވެފައި އޮއްވައި ފެނިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް)އިން ބުނެފައިވަނީ  އޭނާ ފެނުނީ ހޯދުމުގެ މަސައްކަތްކުރަމުންދިޔަ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑްގެ ޑައިވަރުންނަށްކަމަށެވެ.

ލާންސްކޯޕްރަލް ޙުސައިން ފާރިޝް ގެއްލުނީ ލ.ކައްދޫގެ އިރުމަތީ ފަރާތު މޫދަށް، އިތުރު 3 ސިފައިންގެ މީހުންނާއެކު ފޭބިފަހުންނެވެ.

މޫދަށް ފޭބި 4 ސިފައިންގެ މީހުންގެ ތެރެއިން އިތުރު މީހަކު ގެނބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާ، އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި އަޑިއަށް ދާންފެށުމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ގެނބުނުމީހާގެ ޙާލު އަންނަނީ ރަނގަޅުވަމުންކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.