އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް ރިޔައްޓޭގެ ތާއީދު ޝުޖާއަށް

އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް ރިޔައްޓޭގެ ތާއީދު ޝުޖާއަށް

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 08:42
0

އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ޒުވާން (ރިޔައްޓޭ) ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް ޝުޖާއަށް ތާއީދު ކުރަން ނިންމައިފިއެވެ.

ޝުޖާއަށް ތާއީދުކޮށް ރިޔައްޓޭ ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ އޭނާގެ ތާއީދު ޝުޖާއަށް ކުރަން ނިންމާފައިވާކަމަށާއި، އެދުމަކީ މި އިންތިޚާބުގައި އޭނާއަށް ހެޔޮ އެދޭ އެންމެންވެސް ޝުޖާއަށް ވޯޓު ދިނުންކަމަށެވެ. ރިޔައްޓޭއަކީ އެމްޑީޕީ ވެރިކަމަށް އައުމަށް މަގުމަތީގައި ހިންގި އެކި ހަރަކާތްތަކުގައާއި، ޕާޓީގެ އެތެރޭގައި ކުރެވުނު މަސައްކަތުގައި އެންމެ ކުރީ ސަރުގައި ހަރަކާތްތެރިވި ޒުވާނެކެވެ.

ހުޅުމާލޭ ކައުންސިލަށް ޕްރޮގްރެސިވް ކޯލިޝަނުން ޓިކެޓްގައި ވާދަކުރައްވާ ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއަށް ތާއީދު ކުރުމަށް އަޅުގަނޑު ނިންމައިފިން. އަޅުގަނޑަށް ހެޔޮއެދޭ ހުރިހާ ބޭފުޅުންވެސް ޝުޖާއަށް ވޯޓު ދެއްވުމަށް ދަންނަވަން.

– ރިޔައްޓޭ ބުނެފައިވެއެވެ.

ރިޔައްޓޭގެ ތާއީދާއި ގުޅިގެން ޝުޖާ ވަނީ އޭނާއަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ. އަދި ޝުޖާ ވިދާޅުވީ އޭނާ އިންތިޚާބު ކާމިޔާބުކޮށް ޚިދުމަތްދޭނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި ހަމަހަމަ އުސޫލަކުންކަމަށެވެ. އަދި ކޮންމެ ކުލައެއްގެ ކޮންމެ ފިކުރެއްގެ މީހަކީވެސް އޭނާގެ ކައިރީގައި ހަމަހަމަ މީހެއްކަމަށް ޝުޖާ ވަނީ ވިދާޅުވެފައެވެ.

ޝުކުރިއްޔާ ރިޔައްޓޭ. ކުރެއްވި އިތުބާރަށް ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. ހުޅުމާލޭ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ޚިދުމަތް ކޮށްދޭނެ ކަމުގެ ތަގީންކަން އަރުވަން. އިންޝާﷲ.

– ޝުޖާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ޝުޖާއަށް އެދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ތާއީދު ކުރަމުންނެވެ. އަދި ޝުޖާ ގެންދަވަނީ ސީދާ ރައްޔިތުންގެ ކައިރިއަށް ގޮސް ހުރި ގޮންޖުހުންތައް އޮޅުންފިލުވައި ރައްޔިތުންގެ އަދު އަހަމުންނެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުމުގެ މައްޗަށް ޝުޖާ ގެންދަވަނީ މެނިފެސްޓޯއެއްގެ ސިފައިގައި ރައްޔިތުންނަށް ކަންކަން ހުށަހަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.