ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 01:45
0

ދިވެހިރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. މި ޑެކްލަރޭޝަންގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވަރސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީގޮތުން ލާޒިމުކުރާ ބައިނަލްއަޤްވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަން އެކުލަވައިލާފައި ވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ޙައްޤު ކަށަވަރުކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ޤަދަރުވެރިކަމާއެކު އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ޙައްޤު ކަށަވަރުކޮށްދިނުމަށެވެ.

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތަޢުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތަޢުލީމީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި، މި ޑެކްލަރޭޝަންގެ މަޤްޞަދުތަކުގެ ތެރޭގައި ހަނގުރާމައިގެ ޙާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވަރސިޓީތަކަކީ ތަޢުލީމު ލިބިގަތުމަށާއި ޢިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުން ވެސް ހިމެނެއެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ޤައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ 2015 މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.