އާލާސްކަންފުޅާއި ގިނަ ދުވަސްހޭދަ ކުރެއްވުމަށްފަހު ހުސެއިން ވަހީދު މަޖިލީހަށް، ދެއްކެވީ ހިތްވަރު

އާލާސްކަންފުޅާއި ގިނަ ދުވަސްހޭދަ ކުރެއްވުމަށްފަހު ހުސެއިން ވަހީދު މަޖިލީހަށް، ދެއްކެވީ ހިތްވަރު

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 12:20
0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ މެމްބަރު ހުސެއިން ވަހީދުގެ ޞިއްޚީ ހާލުކޮޅު ދެރަވެ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ފައްޓަވައިފިއެވެ.

ހުސެއިން ވަހީދު މަޖިލިސް ޖަލްސާތަކުގައި ބައިވެރިވާން ފަށާފައިވަނީ އަހަރެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހުއެވެ. މަޖިލިސް ޖަލްސާތަކުގައި ހުސެއިން ބައިވެރިވާ ފެއްޓެވީ އިއްޔެގައެވެ. އަދި މިއަދު ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ.

ހުސެއިން ވަހީދު ވިދާޅުވީ އާލަސްކަންފުޅާއި އުޅުއްވިއިރު ގިނަ ބައެއްގެ ހެޔޮ ދުޢާއާއި މެސެޖު ލިބުނުކަމަށެވެ. އަދި މިއަދު އަނެއްކާވެސް އެނބުރި އައިސް ރައްޔިތުންނާއި މުޚާތަބްކޮށް ވާހަދެއްކޭ ކަމީ ﷲ އަށް ޝުކުރު ކުރާކަމެއްކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.

އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުން ބޭސްފަރުވާއެއް ކުރުމަށްފަހު މިއަދު އަނެއްކާވެސް މިހިސާބަށް އައިސް ތިޔަ އެންމެބޭފުޅުންނާއި ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒުރަތަށް ޝުކުރު ކުރަން. އަދި ހަމައެއާއިއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓިހިންނާއި، ދާއިރާގެ އެކިއެކި ރައްޔިތުންނާއި، ހެޔޮއެދޭ އެތައް މެމްބަރުންނެއް އަޅުގަނޑަށް ގުޅައި ހާލުބަލަމުން ދިޔަ ކަމަށްޓަކައި އުފާކޮށް އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވި އަދި ހެޔޮ ދުޢާކޮށްދެއްވަމުންދާ ހުރިހާ އަހުންނާިއ ހުތުހުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން.

– ހުސެއިން ވަހީދު ވިދާޅުވިއެވެ.

މެމްބަރު ހުސެއިން ވަހީދަކީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރެކެވެ. މިއީ އެމަނިކުފާނު މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންތިޚާބުވި ދެވަނަ ދައުރެވެ. މަޑުމައިތިރި މިޒާޖެއްޖެ މެމްބަރު ހުސެއިން ވަހީދު އާލަސްކަން ފުޅާއި ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ހޯއްދަވަމުންދިޔަ އިރުވެސް މަޖިލީހުގެ ބައެއް ޖަލްސާތަކަށް ވަނީ ހާޒިރުވެ ވަޑައިގެން މަސައްކަތް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.