ވޯޓާސް ލިސްޓުގައި ސޮއިކުރަން ހުޅުވާލައިފި

ވޯޓާސް ލިސްޓުގައި ސޮއިކުރަން ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 12:03
0

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި މާދަމައިން ފެށިގެން ސޮއިކުރަން ފަށާނެކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ވޯޓާސް ލިސްޓްގައި ސޮއި ކުރަން ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެވެސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 08:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް ކެންޑިޑޭޓަކަށް ނާދެވޭ ނަމަ އެ ކެންޑިޑޭޓަކު ކަނޑައަޅާ ފަރާތްތަކަށް ވެސް ސޮއި ކުރެވޭނެ އެވެ. ސޮއިކުރުމުގެ ފުރުސަތު ހުޅުވާލީ މާދަމާއިން އިން ފެށިގެން އަންނަ މަހު ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އެއްވެސް ސަބަބަކާއިހެދި ކެނޑިޑޭޓަށް ލިސްޓުގައި ސޮއިކުރުމަށް ވަޑައި ނުގެންނެވޭނަމަ ކެނޑިޑޭޓަކު ކަނޑައަޅުއްވާ މީހަކަށް ލިސްޓުގައި ސޮއިކުރެވޭނެކަމަށް އިލެކްޝަނުން ބުނެއެވެ. ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާ ނަމަ އެކަން ބަޔާންކޮށް ސޮއި ކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.