މަހުޖަނުންގެ ޖޫރިމަނާ މަޢާފްވުމުންވެސް ކާނު ސާފުކުރަންޖެހޭނެ: ނަޝީދު

މަހުޖަނުންގެ ޖޫރިމަނާ މަޢާފްވުމުންވެސް ކާނު ސާފުކުރަންޖެހޭނެ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2021 10:47
0

ލައިސަންސުނެތި ވެހިކަލް ދުއްވާ މީހުންގެ ޖޫރިމަނާ މަޢާފްކޮށް ދައުލަތަށް ލާރި ލިބޭނެ މަސައްކަތެއް ކުރަން ޖެއްސުމަށް އަމާޒުކުރާ ގަވާއިދުން މިސްރާބު ޖަހަނީ މަހުޖަނުންގެ ޖޫރިމަނާ މަޢާފްވެއްޖެނަމަވެސް ކާނު ސާފުކުރަންޖެހޭ އުސޫލަކަށް ކަމުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލާގަިއ މެމްބަރުން ވަނީ ލައިސަންސުނެތި ކޮށްފައިވާ ޖޫރިމަނާ މަޢާފްކޮށް، 10،000 ރުފިޔާއިން މަތިވަނަމަ މުޖުތަމައުގެ ކޮންމެވެސް މަސައްކަތެއް އެމީހަކު ލައްވައިކޮށްގެން ދައުލަތަށް ފައިސާ ލިބޭނެ ގޮތެއް ހޯދުމަށް ވާހަކަ ދައްކަވާފައެވެ.

އަދި މުއުސޫލުން ދައުލަތަށް ފައިސާ ނުދައްކަވާ ބޮޑެތި މަހުޖަނުންވެސް ދައްކަވަންޖެހޭ ފައިސާ ނުދެއްކެވި މަޢާފް ކުރާ ހިސާބަށް ދިއުމުން އެމީހުންނަށްވެސް މިއުސޫލުން މަސައްކަތްތަކެއް ހަވާލުކޮށް ދައުލަތަށް ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މެމްބަރުންގެ ވަހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުންގެ ވާހަކަތަކުން ދައުލަތަށް ނުލިބޭ ފައިސާ ހޯދުމުގައި މަހުޖަނުންވެސް މަގުމަތީގައި ކާނު ސާފުކުރަން ޖެއްސުމަކީ މެމްބަރުންގެ ވާހަތަކަތަކުން ސާފުވާ އެންމެ ބޮޑު އެއްކަންތައްކަމަށެވެ.

އަޅުގަނޑަށް މިފާހަގަ ކުރެވެނީ މަހުޖަނުން ޖޫރިމަނާ މަޢާފްވީމާ އެބޭފުޅުންވެސް އަޅިކުލައިގެ ހެނދުން އަޅުއްވައިގެން ނަންބަރު ޖައްސަވައިގެން ކާނު ސާފުކުރަން ތިއްބަވާ އުސޫލޭ ތިޔަ ތަޢާރަފްކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވަނީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށެވެ.

މިމައްސަލަ ހުށަހެޅުއްވުމަށްފަހު ވަހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ޒުވާންނަށް ދިމާވެފައިވާ މިމައްސަލައަކީ އަވަސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. އަދި މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިކުދިންނަށް އަވަސް ހައްލެއް ހޯދުމަށް ޤާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންްޖެހޭކަމަށް ހަސަން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހްމަދު
ކަލޯގެޔާ. ތިކަން ތިބަކަރި ކޮއްޓަށްވާނެބާ. ތިހުރިހާ ބަކަރިތަށްވެސް ތިބީ މަހުޖަނުން އަތުން. ބޯކޮއްނަގާގެން ވެއްޖެނަމަ ރަގަޅު