ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން ކުރިމަތިލެއްވި 7 ބޭފުޅުންނެ ނަންތައް ދިރާސާ ކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އުފައްދާ ބޯޑުގެ މެންބަރުކަމަށް ޢާންމުންގެ ތެރެއިން 2 މެމްބަރަކު ތިއްބަވަން ޖެހެއެވެ. މިހާތަނަށް އާންމުންގެ ތެރެއިން އެބޯޑަށް ކަނޑައެޅުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ހާމިދު އަބްދުލް ޢަފޫރަށެވެ.
ފުލުހުންގެ ބޯޑަށް އާންމުގެ ތެރެއިން ކަނޑައަޅާ ދެވަނަ މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި 7 ބޭފުޅުން ކުރިމަތި ލާފައިވެއެވެ.
ފުލުހުންގެ ބޯޑަށް އާންމުންގެ ތެރެއިން ކުރިމަތިލެއްވި 7 ބޭފުޅުން:
1. އިބްރާހިމް ތައުފީޤް، މއ.ރިހިވިލާގެ
2. މުހައްމަދު އިމްރާން ޝަރީފް، މ.ތަންތަރާ
3. ޝަފާ ޝަރީފް، ދެތަނޑިމާގެ، ސ.ހުޅުދޫ
4. އަހުމަދު އުސައިދު ހަސަން، ލަކީސްޓަރ، ގދ.ހޯޑެއްދޫ
5. އައިޝަތު ރަޝީދު، ކޮކަގެ ސ.ފޭދޫ
6. ހައްވާ ރީނާ ހަސަން، މ.ދިއްގަލި
މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ބިލުގައިވަނީ ޕޮލިސް ކޮމިޝަނަރާއި، ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަޤާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގެ ބާރު ފުލުހުންގެ ބޯޑަށް ދީފައެވެ. އެ ޤާނޫނުގައި ވަނީ، ފުލުހުންގެ ޤާނޫނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެ ޤާނޫނުގެ ދަށުން ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ޤާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނެކަމަށެވެ.
މި ހަތްބޭފުޅުންގެ ނަންތައް ދިރާސަކުރެއްވުމަށްފަހު ވީހާވެސް އަވަހަކަށް މިކަން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"ޕޮލިސް ބޯޑު"ގެ ނަމުގައި އެކުލަވާލާ އެބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
ކޮމެންޓު ފޮނުވާ