ޓީޖީއެސްޓީ ބޮޑުކުރުމުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވެނީ ގެސްޓު ހައުސްތަކަށާއި ސަފާރީތަކަށް

މިމަހު ރާއްޖެ އަންނަ އެއް ލައްކަ ވަނަ ފަތުރުވެރިޔާއަށް މާދަމާ މަރުހަބާކިޔަނީ!

މިމަހު ރާއްޖެ އަންނަ އެއް ލައްކަ ވަނަ ފަތުރުވެރިޔާއަށް މާދަމާ މަރުހަބާކިޔަނީ!

މިމަހުގެ ރާއްޖެއަށް އަންނަ 100،000 ވަނަ ފަތުރުވެރިޔާއަށް މާދަމާ މަރުހަބާކިއުމަށް ޓޫރިޒަމް މިނިސްޓްރިން ތައްޔާރުވެއްޖެ އެވެ.

މި ކަމަށްޓަކާއި މާދަމާ ހެނދުނު އެއަރޕޯޓްގައި ހަފްލާއެއް ބޭއްވުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއާއެކު މި މާރިޗު މަސް ވެގެންދާނީ، މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް މަސްތެރޭ އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ފުރަތަމަ މަހަށެވެ.

ފަތުރުވެރިން ތަކެއް ރާއްޖެއަށް އެތެރެވަނީ – ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މިދިޔަ ފެބްރުވަރީ މަހާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި މިއަހަރުގެ ޖަނަވަރީ މަހުއެވެ. އެގޮތުން ފެބްރުވަރީ މަހު 96،882 ފަތުރުވެރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 96،225 އަދި މިއަހަރުގެ ޖަނަވަރީ މަހު 92،103 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއިން މިމަހު ވަނީ 94،398 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ. އަދި އިއްޔެ އާއި އިހައްދުވަހަކީ ރާއްޖެއަށް މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ދެދުވަހެވެ. އެގޮތުން ހުކުރު ދުވަހު 5516 ފަތުރުވެރިން އަދި ހޮނިހިރު ދުވަހު 5109 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

2020 ވަނަ އަހަރު ރާއްޖެއައި 5 ލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިއުން

މި އަދަދަު ތަކާއި އެކު ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަު ވަނީ 283،383 އަށް އަރާފައެވެ. އެއީ އެއީ ޖަނަވަރީ މަހު ރާއްޖެ އައި 92،103 ފަތުރުވެރިންނާއި މިދި މަހު އައި 96،882 ފަތުރުވެރިންނާއި މިމަހުގެ މިހާތަނަށް އައި 94،398 ފަތުރުވެރިން ހިމަނައިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ އެވްރެޖްކޮށް މަހަކު 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *