އަޖޭ އާއެކު ރާމް ގޯޕާލް އިތުރަށް މަސައްކަތް ނުކުރާނެ ސަބަބު ހާމަކޮށްފި

އަޖޭ އާއެކު ރާމް ގޯޕާލް އިތުރަށް މަސައްކަތް ނުކުރާނެ ސަބަބު ހާމަކޮށްފި

އަޖޭ ދޭވްގަން އޭނާގެ ކެރިއަރުގެ ކުރީ ކޮޅުގައި ގިނައިން ފެނިފައި ހުރީ ވަރަށް "އިންޓެންސް" ރޯލުތަކަނުންނެވެ. އަދި ރާމް ގޯޕާލް ވަރްމާ މަޝްހޫރުވެފައިވަނީ އޭނާގެ ގޭންގްސްޓަރ ފިލްމުތަކަށެވެ. މި ދެމީހުން އެކުގައި ބޫތް އަދި އާގް ކަހަލަ ފިލްމުތަކުގައި ވަނީ މަސައްކަތް ކޮށްފަ އެވެ.

އެހެންނަމަވެސް މި ދެމީހުން މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެ ތެރެއިންވެސް އެންމެ ފާހަކަ ކޮށްލެވެނީ ފިލްމު "ކޮމްޕެނީ" އެވެ. ކަން މިހެން ހުރުމާއި އެކުގައިވެސް ރާމް ގޯޕާލް ވަނީ އޭނާ ދެން އަޖޭ އާއި އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެފައިއެވެ.

ރާމް ގޯޕާލް ބުނެފައި ވަނީ ސިންގަމް ފަދަ ފިލްމުތައް ކުޅުނުފަހުން ބެލުންތެރިންގެ ކުރިމަތީގައި އަޖޭ ވަރަށް ވަރުގަދަ ޝަހްސިއްޔަތަކަށް ބަދަލު ވެފައި ވާ ކަމަށެވެ. އަދި އޭނާގެ ފިލްމު ތަކުން ފެނިގެން ދާ ރޯލުތަކުން އަޖޭ ފެނިއްޖެ ނަމަ ބެލުންތެރިން އެ ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ. ރާމް ބުނީ ކޮމްޕެނީ ކުޅުނު އިރު އަޖޭއަކީ އެހާ ވަރުގަދަ ތަރިއަކަށް ނުވުމާއި އެކުގައި އެ ފިލްމު ކުރިއަށް ދިޔައީ ކަމަށެވެ. އެހެންނަމަ ވެސް މިހާރު އޭނާ އަލުން އަޖޭ އާއި އެކުގައި މަސައްކަތް ކުރާނަމަ އެހާ ކާމިޔާބެއް ނުވާނެ ކަމަށެވެ.

މާރިޗު 26 ގައި ނެރުނު ފިލްމު "ޑީ ކޮމްޕެނީ" އިން އަޖޭ ފެނިގެން ނުދިޔަ ސަބަބަކީ ވެސް އެއީ ކަމަށް ރާމް ވަނީ ބުނެފައެވެ. އެގޮތުން މި ފިލްމުގައި ފެނިގެން ދާ ޝަހްސިއްޔަތަކީ 25 އަހަރުގެ މީހެއް ކަމަށާއި އަދި އޭނާއަކީ އޭނާގެ ބޭބެގެ ދަށުގައި ހުންނަ މީހެއް ކަމަށް ރާމް ގޯޕާލް ވަނީ ބުނެފަ އެވެ. އަދި މި ރޯލުން އަޖޭ ފެނިއްޖެނަމަ ބެލުންތެރިން ބަލައި ނުގަންނާނެ ކަމަށާއި އަޖޭއާއިވެސް ނުގުޅޭކަމަށް ރާމް ގޯޕާލް ވަނީ ބުނެފައެވެ.

ޑީ ކޮމްޕެނީ އަކީ މުމްބާއީގެ މަޝްހޫރު ގޭންގްސްޓަރ ދާވޫދް އިބްރާހީމްގެ ގޭންގްގެ ނަމެވެ. ޑީ ކޮމްޕެނީ އާއި ދާވޫދް އިބްރާހީމް ވަނީ 2011 ވަނަ އަހަރު އެފްބީއައިގެ މޯސްޓް ވޯންޓެޑް ލިސްޓްގެ3 ވަނާގައި ހިމެނިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *