ޢަލީގެ ރައްދު ސައްލެއަށް: ސިވިލް ސާރވަންޓުންނަކީ މޫނެއް، ނަމެއްނެތް އަޅުންނެއް ނޫން

ޢަލީގެ ރައްދު ސައްލެއަށް: ސިވިލް ސާރވަންޓުންނަކީ މޫނެއް، ނަމެއްނެތް އަޅުންނެއް ނޫން

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 09:25
0

ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް، ނަމެއް ނެތް އަޅުން ނޫންކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެމެންބަރު ޢަލީ ޙުސައިން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ)އަށް ރައްދުދެއްވައިފިއެވެ.

ޢަލީ ޙުސައިން މިހެން ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފަކީ އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް އަގައިން ނުބުނެވޭނެ މީހެއް ކަމަށް ސައްލެ ވިދާޅުވުމުންނެވެ. ސިވިލް ސާރވިސް ޤާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި އިޞްލާހަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައްލެ ވިދާޅުވީ، ސިވިލް ސާވިސް މުވައްޒަފުންނަށް ބޭނުންހާ ވާހައެއް ނުދެއްކޭނެކަމަށާއި، ނުވެސް ލިޔެވޭނެކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ވާންޖެހެނީ "ފޭސް ލެސް" ނުވަތަ މޫނެއް ނެތް ބަޔަކަށް ކަމުގައިވެސް ސައްލެ ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ، ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ މޫނެއް، ނަމެއް ނެތް އަޅުންނެއް ނޫންކަމަށެވެ. ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެ މީހުންގެ ކިބައިން ނިގުޅައެއް ނުގަނެވޭނެކަމަށްވެސް މެންބަރު ޢަލީ ޙުސައިން ވިދާޅުވިއެވެ.

ސިވިލް ސާރވިސް މުވައްޒަފުންނާއި ގުޅޭގޮތުން ސައްލެ ދެއްކި ވާހަކަތަކަށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢާމިން
adhi eba buneynun civil service meehannan beynun meehakan thaaeedhu nukureveyne yey ehen v iru vote laane kameh nei civil service ga ulhey hurihaa muvazzafunge vote aee thilafathah libunu vote kamah gunaalaafa inthikhaabu nimmaalan v nun Kharadhuves kudavaane nun karantaa nulaa fankaa eburuveema karantu bill ves kuda eh nun
h hakImq
Ali ah bunelan otheethiya fanka akee ethah baivaru laarieh nagaigen majbooruvefa hatharu udhares fenujehifahuri meehekey. Eynaaah eynaage baarehnuhingaey. Kiyanjehenee meehaku liyefa dhinumun hithudhaakoggeney. Dhuniyeygaimeehun ulhey haalekeymives.
އ އެކޮއި
ސިވިލް ސާވަންޓުން ނަކީ ހޯރަފުށީ ދާއިރާގެ މިންބަރުސަލީ މައްތާއިދުކު ރަންޖެހޭ ބައެއްގެ ގޮތައްހަދަންވީނޫން އޭރުސަލީމް ހިންހަޖެހިދާނެ 65 ގޮޑި ލިބުނީމާ މިގައިމު ހަލާކުކުރަންތަ ތިޔައުޅެނީ މިގައުމު މިގައުމުގެ ރައްޔަތުން ތިޔަބައިގަޑުންގެ ކިބައިން އަމާން ބަދަރަކައް މިގައުމުހެންދާނެކިހ
I Idurees
Mihaaru thiya ulhuhvanee maanodah fenmahchah araign.. Thigothah abadhu thibeveyne kamah nuvisnaathi.. Thihn fuppaafa ulhunu ethah bayaku inshaa allah sixe vegn hingajje.. Mi e thaareekhun fennan huri haqeeqaiy.. Midhuvas vex maazeeaa ekuve hingaidhaane..
B Birubodu
ރަށްވެހި ނަޖިސް ނުތާހިރު ދިރިއުޅުން ޒުވާނުން ގޮނޑުހޮވުން އެގަންޖާ19ގެބައިގަނޑު އުޅެނީ އެގަންޖާސަރުކާރުގެ އަޅުންނަށް ހަދަން ވަރަށްސާފް