ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި މަޑުއްވަރީގައި މުޒާހަރާކުރަނީ

ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި މަޑުއްވަރީގައި މުޒާހަރާކުރަނީ

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 08:16
0

ރ.މަޑުއްވަރީގައި 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރުމާއި ގުޅިގެން އެރަށު ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ.

އެރަށު ރައްޔިތުން ނިކުމެ މުޒާހަރާކުރަމުންދަނީ ޢުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕްކުރުމުން، ރޭޕްކުރި މީހާ ހައްޔަރުނުކުރުމުންކަމަށް މަޢުލޫމާތު ލިބެއެވެ. ފުލުހުން ބުނީމިމަހުގެ3 ވަނަ ދުވަހު 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަސް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އަދި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

މިމައްސަލާގއި ފުލުހުންގެ އިދާރާ ކުރިމަތީގައި އެރަށުގެ ގިނަ ޢަދަދެއްގެ މީހުން ނިކުމެ އަންނަނީ މުޒަހަރާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.