މައިމޫނާ އަކީ އިހްލާސްތެރި، ރަނގަޅު، ހަރުދަނާ މަސައްކަތެއް ކުރައްވާ ބޭފުޅެއް: ނަޝީދު

މައިމޫނާ އަކީ އިހްލާސްތެރި، ރަނގަޅު، ހަރުދަނާ މަސައްކަތެއް ކުރައްވާ ބޭފުޅެއް: ނަޝީދު

Author
ޢަލީ އާދަމް
24 މާރޗް 2021 02:53
0

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަކީ އިހްލާސްތެރި ރަނގަޅު ހަރުދަނާ މަސައްކަތެއް ކުރައްވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ކޯވިޑްގެ ހާލަތުން އަރައިގަތުމަށް މާލެ ސަރަހައްދުގައި އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުގެ ސަބަބުން ޓެކްސީޑްރައިވަރުންނަށް ލިބޭ ގެއްލުންތަކާގުޅޭގޮތުން މަޖިލީހުގެ ރައީސަށް ސިޓީއެއް ރައްދުކުރުމަށް މަޖިލީހުގެ އިދާރާއަށް މިއަދު ދިޔަ ޓެކްސީޑްރައިވަރުންނާއި ސެންޓަރުތަކުގެ ވެރިންނާ މަޖިލީހުގެ އިދާރާގެ ބޭރުގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މިފަދަ ކަންކަމާގުޅިގެން ފާހަގަކުރެވޭ ކަންބޮޑުވުންތަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފާހަގަކޮށްދޭން ޖެހޭ ކަމަށާއި، އެފަދަކަމެއް ފާހަގަކޮށްދިނުމުން އެކަމަށް އޮތް އެންމެ ރަނގަޅު ހައްލެއް އެކަމަނާ ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.

އަދި އާމްދަނީ އެއް ހޯދޭނެ ގޮތްތައް އެންމެނަށްވެސް ފަހިވާން ޖެހޭކަމަށް އެންމެންވެސް ގަބޫލު ކުރާކަމަށާއި އެ ފުރުސަތު ފަހި ނުވަުމަކީ ސަރުކާރުންވެސް އެދޭނެ ގޮތެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް ހިމެނޭ ސިޓީ މަޖިލީހަށް ހަމަ ވެއްދުމާއެކު އެކަމާގުޅުންނުރި ކޮމިޓީއަށް ފޮނުވައިގެން އެކަމުގައި ހައްލު ހޯދޭނެ ގޮތްތަކަށް މަސައްކަތް ފައްޓަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ތި ސިޓީ ލިބި ކޮމިޓީން މަސައްކަތް ފެށޭއިރަށް މައިމޫނާއަށް ދަަންނަވާނަން މިމައްސަލަ އަޅުގަނޑުމެނަށް ލިބިފައި ވާ ވާހަކައާއި އެމައްސަލަ އަޅުގަނޑުމެން ބަލަން ފަށާފައިވާ ވާހަކައާއި އެކަމަށް އެބޭފުޅާވެސް ވިސްނަވައިދެއްވުމަށް އެދޭނަން"

– ރައީސް ނަޝީދު

ކޯވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ، ރެސްޓޯރެންޓްތަކަށް ކުރިމަތިވީ ގެއްލުމުގެ ސަބަބުން ކެފޭ، ރެސްޓޯރެންޓް ތަކުން ހިދުމަތްދެވޭ ގަޑި ބަދަލުކުރުމުގެ ކަންކަމުގައި ވެސް މަޖިލީހުގެ ރައީސާއި މަޖިލީހުންވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.

މީގެއިތުރުން ހޮޓާ، ކެފޭ، ރެސްޓޯރެންޓުގެ ވިޔަފާރި ކުރާ މީހުން ހާލުގައި ޖެހި އެމީހުންގެ ކަންބޮޑުވުން އިންތިހާއަށް އުފުލިފައިވާކަމަށާއި، މިހާރު މިއޮތް ލޮކްޑައުން މިހާރުން މިހާރަށް އުވާލަން ޖެހޭކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ަ ަަަިއިރުސާދު އަހުމަދު
މުޅި ދުނިޔެ ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ފިޔަވަޅު ތައް އަޅަމުން. ޜާއްޖެ ކުރިވިފާވާ މަސަކަތުން ޅޮކް ޑަޔުނު ނުކޮށް މީހުނަށް ގޭން ނިކިމެ އުލެވޭ ކަންވެސް އެއީ ﷲ ގެ ނިއުމަތެއް. މިފަދަ ސިހީޙާލަަށް ތަކުގުގައިވެސް ނަގަން ޖެހޭ ފިޔަވަޅު ތަށް ނިމަނީ ސަރުކާރު ސިޔާސީ ވެރިންގެ މެދުގާ މަސްވަރާ ކޮށް ގެން އަދި ކަމުގެ މާހިރުން ގެ ލަފާ ގެ މަތިން. އެޗްޕީއޭ ނުވަތަ ސިހީ ވުޒާރާ އަކީ ނިމާނިންމުން ރިޔަތުން ނަށް ހަމައަށް ގެނެސްދޭ ފަރާތް. ވީމާ ދެން ގޯސްވާނާނީ ކާކު؟
b birubodu
ރަށްވެހި ނަޖިސް ގުއިރީންދޫ ނުތާހިރު ދިރިއުޅުން ޒުވާނުން ގޮނޑުހޮވުން އެގަންޖާ19ގެ ބައިގަނޑު ވޯޓްހޯދާން ފޮނިކެނޑުން ނުފުއްދާ ވައުދުބުނުން ފަލްސަފާގެ ޕަޕަޑެއް މައިމޫނާއަކީ ވަރަށްސާފް އިނގޭ
M Muhkey
*Beykambaleh