ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ރިޔާސީ ކެނޑިޑެންސީ އެމްޑީޕީއަށް ދިނުން: މަލީހު

ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ ރިޔާސީ ކެނޑިޑެންސީ އެމްޑީޕީއަށް ދިނުން: މަލީހު

Author
މުޙައްމަދު ޖިމީ
24 މާރޗް 2021 01:53
0

ކޯލިޝަން ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ2018ގެ ރިޔާސީ ކެނޑިޑެންސީ އެމްޑީޕީއަށް ދިނުންކަމަށް، މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ ދިމާވި ދައްޗަކީ އެމްޑީޕީގެ ސިޔާސަތުތަކާއި ދުރު ރައީސް މައުމޫންގެ ވަޒީރަކަށް އެ މަޤާމު ލިބުން ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެން، ފާޑުވިދާޅުވަމުން މަލީހު ވިދާޅުވީ، އެމްޑީޕީގައި ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަނުގަންނަކަމަށެވެ. އަދި ތަޢުލީމީ އެ ފެންވަރު ހުރި ބޭފުޅަކު އެމްޑީޕީގެ ކުރީ ސަފުން ނުފެންނަކަމަށް ވިދާޅުވެ މަލީހު ވަނީ ޤައުމު ހުއްޓިފައި އޮތްކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ އެމްޑީޕީއަށް2018 ގެ ރިޔާސީ ކެނޑިޑެންސީ ދޫކޮށްލެވުން. އެމްޑީޕީގަ ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަނުގަނޭ. އެފަދަ ލީޑަރެއް ނެތް. ތަޢުލީމީ އެފެންވަރު ހުރި ބޭފުޅަކުވެސް ކުރީ ސަފުން ނުފެނޭ. ޤައުމު މިއޮތީ ފުލުސްޓޮޕެއްގަ.

– މުޙައްމަދު މަލީޙް ޖަމާލް

މަލީހު ގެންދަވަނީ މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހާއި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ފަޑުވިދާޅުވަމުންގެންދަވާއިރު، މިސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނުކުރެިހުރިކަން މަލީހު ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ފަރިތަނޫން ބޭފުޅުންނާއިއެކު އެމްޑިީޕީގެ ވައުދުތައް ފުއްދުމަކީ ވަރަށް އުދަގޫ ކަމެއްކަމަށާއި، އެމްޑީޕީގެ އަސާސަކީ މާލޭގެ ރައްޔިތުން ގެދޮރުވެރިކުރުވުންކަމަށް ރައީސް ނަޝިދު އިއްޔެ ވިދާޅުވުމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކުވެރިއެއް
އެހެންދިމާވަންޖެހުނީ ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބަށް ކުރިމަތިލާނެ ބޭފުޅަކު ނުނުކުތީމާ ؟