ފިޔަވަޅުތައް ހަރުކަށި ކުރެވޭނީ އެހެން ޤައުމުތަކެކޭ އެއް ފަދައިން ކުދި ވިޔަފާރިތަކަށާއި ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން މިވަގުތު އެހީ ފޯރު ކޮށްދީގެންކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ހަލުވިކަމާއެކު މާލެ ސަރަހައްދުގައ ފެތުރެމުންދާތީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުން ވިޔަފާރިތަކަށް ގެއްލުން ވަމުން އަންނަކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އަދި އެ ފިޔަވަޅުތައް އުވާލުމަށް ގޮވާލާ އަޑު ވަނ ގަދަވެފައެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި ބައެއް މެންބަރުންވެސް ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމަށް ގޮވާލައްވާފައެވެ.
ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ، ފިޔަވަޅުތައް ހަރުކަށި ކުރެވޭނީ އެހެން ޤައުމުތަކެކޭ އެއް ފަދައިން ކުދި ވިޔަފާރިތަކަށާއި ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން މިވަގުތު އެހީ ފޯރު ކޮށްދީގެންކަމަށެވެ. ދުންޔާ ވަނީ ރާއޖޭގެ ކޯވިޑްގެ ޙާލަތު މިހާރު ރަނަގަޅުވެފައިވާކަމަށް ބުނާ ފަރާތްތަކަށްވެސް ރައްދު ދެއްވާފައެވެ.
ކުޑައިރު ފީކޯއި ކުޅެ އުޅުނު އިރު، އަމިއްލަ ލޯމަތީ އަތް އަޅައިގެން ފިލާ ހަދަން ވަރަށް މަޖާ. އެކަން ކުޑައިރު މަޖަލަސް، ދުވާލަކު 100+ ޕޮޒިޓިވް ކޭސް ފެންނައިރު ސިޔާސީ ލީޑަރުން މިކަމުން ސަލާމަތްވުމަށް ލޮލުގައި އަތް އަޅާ ރާއްޖެ ބަލިން ސަލާމަތްވެއްޖެއޭ ބުނުން މަޖަލެއް ނޫން ދެއްތޯ؟
– ދުންޔާ މައުމޫން
ފިޔަވަޅުތައް ހަރުކަށި ކުރެވޭނީ އެހެން ޤައުމުތަކެކޭ އެއް ފަދައިން ކުދި ވިޔަފާރިތަކަށާއި ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން މިވަގުތު އެހީ ފޯރު ކޮށްދީގެން.!
— Dunya Maumoon (@dunyamaumoon) March 22, 2021
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރވެފައިވާއިރު އިއްޔެ އެކަނިވެސ140 ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އިއްޔެ މަޖިލީހުގައި ވިދާޅުވެފައިވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރަމަޟާންމަހަށް ލުއިތަކެއް ދިނުމަށް ވިސްނަވަމުން ގެންދަވާކަމަށެވެ.
ކޮމެންޓު ފޮނުވާ