ރާއްޖެއިން ކޯވިޑް-19 ވެކްސިން މިއަދު 1،856 މީހަކު ޖަހައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި1،597 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 259 މީހެކެވެ.
މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 220.768 އަށް އަރާފައެވެ.
މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 123،227 އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 97،541އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.
މިއީ މާލެ ސަރަހައްދުގައި ވެކްސިން ދިނުން މެދުކެނޑުމަކަށްފަހު މިއަދު ވެކްސިން ދޭން ފަށާފައިވާއިރު، މިއަދު ދޭން ފަށާފައިވަނީ ސިނޮފާމް ވެކްސިނެވެ.
ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ.
ކޮމެންޓު ފޮނުވާ