ކާޑާއި ބޭސް ގެނައުމަށް ދައުލަތުން އެސްޓީއޯއަށް ގެރެންޓީ ދީފި

ކާޑާއި ބޭސް ގެނައުމަށް ދައުލަތުން އެސްޓީއޯއަށް ގެރެންޓީ ދީފި

Author
މުޙައްމަދު ޖިމީ
22 މާރޗް 2021 02:38
0

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ބޭސް ގެނައުމަށް އެސްޓީއޯ އިން ނެގި ލޯނަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ މަޢުލޫމާތުތައް ދައްކާގޮތުގައި ހޮންގްކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަން، މާލެ އިން ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ލޯނަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ ގެރެންޓީ ދޫކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި އެސްޓީއޯގެ އިތުރު ދެ ލޯނަކަށް ވެސް ސަރުކާރުން ސަރުކާރުން ގެރެންޓީ ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ބޭހާއި ކާބޯތަކެތި ހޯދުމަށް ނެގި 15 މިލިއަން ޑޮލަރުގެ ލޯނަކާއި، ގޭހާއި ތެޔޮ ގަތުމަށް އެ ބޭންކު މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނެކެވެ.

ކާޑާއި ބޭސް ގެނައުމަށް އެސްޓީއޯއަށް ސަރުކާރުން ގެރެންޓީ ދީފައިވާއިރު، ލޯނު ނެގުމާ ގެރެންޓީ ދިނުމަކީ ގޯސްކަމެއްކަމަށް މިސަރުކާރުން ރައްޔިތުންނަށް ވިސްނައިދިނުމަށްފަހު ކުރިއަށްވުރެ މާއިތުރަށް ލޯނުނަގާއި ގެރެންޓީ ދެމުން އަންކަމަށް ބުނެ ސަރުކާރަށް ފާޑުކިއުން އަމާޒުވެފައިވެއެވެ.

މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކާޑު ސަބްސިޑީއަށް 365 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައިވެ އެވެ. މިސަރުކާރުން މިހާތަނަށް ފަސް ލޯނަކަށް ގެރެންޓީ ދީފައިވެއެވެ. އޭގެ ތެރޭގައި ހުޅުމާލެ މަގު ހަދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޑިޔާގެ އެގްޒިމް ބޭންކުން ނެގި 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނަށް ސަރުކާރުން ދިން ގެރެންޓީވެސް ހިމެނެއެވެ.  އެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މިދިޔަ އަހަރު ސަރުކާރުން އެސްޓީއޯއިން ނެގި ލޯނަކަށް ވެސް ގެރެންޓީދީފައިވެއެވެ. އެއީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ)ގެ ލޯނެކެވެ. މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯއިން އެ ލޯނު ނެގީ ކާޑުގެ ބާވަތްތަކާއި މެޑިކަލް ސަޕްލައި އާއި އެހެނިހެން އިކުއިޕްމެންޓް ގަތުމަށެވެ. އެސްޓީއޯއިން 2019 ވަނަ އަހަރު ތެޔޮ ގަތުމަށް ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލޯނަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މީގެ އިތުރުން ރިޒާވް ބޭންކުން ނެގި 400 މިލިއަން ޑޮލަރު ( 6.1 ބިލިއަން ރުފިޔާ) ގެ ކަރެންސީ ސްވަޕް ފެސިލިޓީއަށް ވެސް ސަރުކާރުން ގެރެންޓީދީފައިވެ އެވެ.

ފިނޭންސް މިނިސްޓޤރީގެ ތަފާސް ހިސާބުތައ ްދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި 86 ބިލިއަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.