ހަނިމާދޫ އެއަރޕޯޓްގެ ޙާލަތު މިހާ ދަށްވެފައި އޮތް ދުވަސްވަރެއް ދެކެވަޑައިގެންފައި ނުވާކަމަށް އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑިރެކްޓަރ އޮފް އޮޕޮރޭޝަންސް ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތްތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އަމީން ވިދާޅުވީ، އެ އެއަރޕޯޓްގެ ޚިދުމަތުގެ ފެންވަރު ވަރަށް ދަށްވެފައިވާކަަމަށެވެ. އެގޮތުން އެއަރޕޯޓްގައި ބޭނުންކުރާ އެކްސްްރޭ މެޝިން ހަލާކުވެފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޓަރމިނަލްގެ އެއަރކޯންތައް ހަލާކުވެ އެތަން ހީވަނީ "ހޫނު އަވަނެއް" ހެންކަމަށްވެސް އަމީން ވިދާޅުވިއެވެ. އޭނާ ވަނީ ރާއްޖޭގައި ދެން ހުރި އެއަރޕޯޓްތަކުގެ ޙާލަތަކީވެސް އެއީތޯ ސުވާލުކުރައްވާފައެވެ. އަމީން ވަނީ އެއަރޕޯޓް މެއިންޓެއިން ނުކުރެވި ވީރާނާވަމުން އަންނަކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
Hanimaadhoo intl Aiport ge haalhathu mihaa dheravaru vefa oih dhuvaheh nudheken.
– X ray machine halaakuvefa- aharu dhuvas vejje.
– Termainal avaneh haa hoonu- aircorn thah masahkatheh nukurey.Meebaa dhenhuri Aiport thakugeves haalakee? Maintain nukurevi veeraanaa vanee! pic.twitter.com/oZVfQWbp0C
— Mohamed Ameen (@ameen3d) March 21, 2021
އަމީން މިހެން ވިދާޅުވެފައިވާއިރު، ހަނިމާދޫ އެއަރޕޯޓްގެ ރަންވޭ ބޮޑުކޮށް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް އިންޑިއާގެ އެހީގައި ބަދަލުކުރުމަށް ސަރުކާރުން ނިންމާ އެކަން އިއުލާންކޮށްފައި ވީނަމަވެސް އަދިވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. ހަނިމާދޫ އެއަރޕޯޓްގެ ފެންވަރު ދަށްވެ އެ އެެއަރޕޯޓުން ދަތުރުކުރާ އެތައް ބައެއްގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ލަގެޖުތައް ކަނޑައިގެން މެނުއަލްކޮށް ބެލުންފަދަ ކަންކަން ކުރަމުން އަންނަތާ ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަަމށް ބުނެފައެވެ. ނަމަވެސް މިހާތަަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިވާތަން ފެންނާކަށް ނެތެވެ.
ކޮމެންޓު ފޮނުވާ