އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރަމުން އަންނަ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ސ. މަރަދޫ، އާލް، އަހުމަދު ހާރިޝް، 32، އަށެވެ.
ފުލުހުން ބުނިގޮތުގައި ހާރިޝް އެންމެ ފަހުން ހައްޔަރުކުރީ އައްޑޫ މަރަދޫގެ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ހައްޔަރުކުރުމަށް ފަހު، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ހާރިޝްގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އިތުރު މައްސަލައެއް ވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެ އެވެ.
ފުލުހުން ބުނިގޮތުގައި ފަހުގެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ