ފ.ނިލަންދޫއިން މީހަކު ޕޮޒިޓިވްވުމުން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
ނިލަންދޫއިން ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށައް ގޮސް ކަރަންޓީންގައި ހުރި އަންހެނެއްކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އޭނާ ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ރިލީސް ސާމްޕަލުންނެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ ރަންޓީންގެ މުއްދަތުގައި އެ އަންހެންމީ އެރަށު ހޮޓަލެއްގައި މަސައްކަތްކުރާ ފިރިހެނަކާ ކޮންޓެކްޓްވެފައިވުމުގެ ސަބަބުންނެވެ. އެހެންކަމުން އެމީހާއާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތްކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނިލަންދޫ ކައުންސިލުން ބުންޏެވެ.
ނިލަންދޫ މޮނިޓަރިންއަށް ލުމާއި ގުޅިގެން އެރަށަށް އަރާފޭބުން މަނާކޮށްފައިވާއިރު ޒަރޫރީ ބޭނުންމެއްގައި ނޫންގޮތަކަށް ބޭރަށް ނުނިކުތުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފ. ނިލަންދޫގެ އިތުރުން މިވަގުތު މޮނިޓަރިންގައި ވަނީ ރ.އުނގޫފާރާއި ދ. ކުޑަހުވަދޫއެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 22،000 ވުރެ މައްޗަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ