ދުނިޔޭގައި އެންމެ ދުވަސްވީ އަދި ކުރިއަރާފައިވާ އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް ކޯހުން ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް ދިވެހިރާއްޖޭގެ ފިރުޝާނާ ތަޢުފީޤް އަށް ލިބިއްޖެއެވެ.
މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަފަހަރެވެ. އަދި އެ ކޯހުން ފަޚުރުވެރި ވަނައެއް ހާސިލްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
ފިރުޝާނާ ހޯދި މިކާމިޔާބީއައި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ފިރުޝާނާއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ޤައުމީ ދިފާޢީ ބާރުގައި އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް މިސަރުކާރުން ހޯދައިދެމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައިވެސް ފިރުޝަނާއަށް މަރުޙަބާ ދަންނަވާފައެވެ.
Warm congratulations to Officer Cadet Firushana Thaufeeq of @MNDF_Official for winning the Best International Student Award in the Commissioning Course at the prestigious @RMASandhurst! Firushana's also the 1st Maldivian female OCdt to attend the Academy @MariyaDidi @UKinMaldives pic.twitter.com/WNJP15Xe77
— Ministry of Defence (@MoDmv) March 20, 2021
އިނގިރޭސިވިލާތުގެ މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓް އިން ފިރުޝާނާއަށް ތަމްރީން ހޯދުމުގެ ފުރުޞަތު ލިބި ފަޚުރުވެރި ކާމިޔާބީއެއް ހޯދާފައިވާއިރު، އަސްކަރީ ދާއިރާއިންނާއި އެނޫންވެސް ދާއިރާތަކުން ދިވެހި އަންހެނުން ބޮޑެތިކުރިއެރުމާއި ކާމިޔާބީތައް ޙާސިލްކޮށްފައިވެއެވެ.
އިނގިރޭސި މިލިޓަރީ އެކެޑަމީގައި ތަމްރީން ހަދާ ފުރަތަމަ ދިވެހި އަންހެނަކަށް ފިރުޝާނާ
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ގާރޑ އޮފ އޮނަރ އެރުވުމުގައިވެސް ގިނަ ޢަދަދެއްގެ އަންހެން ސިފައިން ބައިވެރިވެފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީަކީ މިހާތަނަށް ރާއްޖޭގައި ދިފާޢީ ވަޒީރުކަންކުރައްވާ ފުރަތަމަ އަންހެން ވަޒީރެވެ.
ކޮމެންޓު ފޮނުވާ