ށ.ނޫމަރާގައި ޢިާރާތްކުރުމަށް ނިންމާފައިވާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއާއި، ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲއެވެ.
ނޫމަރާ އިންޖީނުގެ ޢިމާރަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްކައިވަން ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ ދަށުން އިންޖީނު ބަހައްޓާ އިމާރާތާއި، އޮފީސް އިމާރާތް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 9މަސްދުވަހުން ނިންމާގޮތަށެވެ. މިއީ ރަށްރަށުގައިހުރި އިންޖީނުގެތައް ރިލޯކޭޓު ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަޝްރޫއުއެކެވެ.
ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އެމް.ޑީ އަޙްމަދު ސައީދް އާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން ޢަބްދުﷲ މިއަދު އަޅުއްވައިދެއްވައިފި. #ޓީމްފެނަކަ pic.twitter.com/t2y2hPFgmv
— Fenaka Corporation Ltd (@TeamFenaka) March 20, 2021
އާބާދީގައި 488 އެއްހާ މީހުން ދިރިއުޅޭ ށ.ނޫމަރާއަކީ އާބާދީ މަދުނަމަވެސް ބިން ބޮޑު ރަށެކެވެ.
ކޮމެންޓު ފޮނުވާ