އައްޑޫގެ ޓޫރިޒަމް ޒޯންތަކުން 31 ބިމެއް ކާމިޔާބުކުރި ފަރާތްތަަކާ ބިން ހަވާލުކޮށްފި

އައްޑޫގެ ޓޫރިޒަމް ޒޯންތަކުން 31 ބިމެއް ކާމިޔާބުކުރި ފަރާތްތަަކާ ބިން ހަވާލުކޮށްފި

އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލި ބިން ތަކުގެ ތެރެއިން 31 ބިމެއް ބިޑް ކާމިޔާބުކުރި ފަރާތްތަކާ ހަވާލުކޮށްފި އެވެ.

އިއްޔެ ހަވީރު އައްޑޫ ސިޓީ ފޭދޫ ޓޫރިޒަމް ޒޯންގައި ބޭއްވެވި ރަސްމިއްޔާތެއްގައި ބިންތަށް ކާމިޔާބުކުރި ފަރާތްތަކަށް، ލިއުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީ މޭޔަރު އަބްދުﷲ ޞާދިޤާއި ކައުންސިލް މެމްބަރުން ބައިވެރިވެޑައިގެންނެވި އެވެ.

އިއްޔެ ހަވާލުކޮށްފައި ވަނީ ހިތަދޫ ޓުރިޒަމް ޒޯންގެ ހަތް ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން އެއް ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫ އިން ނުވަ ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން ދެ ބިމެއް ކަމަސް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ބިންތަކުގައި ޓޫރިސްޓް ގެސްޓްހައުސް އަދި ހޮޓާ ތަރައްޤީކޮށް، ލަސްވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށަންޖެހެ އެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް 5 ސަރަހަދެއް ކަނޑައަޅާ 93 ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ވައުދު ވެފައެވެ. އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި މި ހިންގާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓުން 4000 އެނދު ހިދުމަތަށް ނެރެވޭނެކަމަށް ސިޓީކައުންސިލުން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *