ސަލާމަތަށް ނުރައްކަލެއް ނެތް އެގްރީމެންޓެއް ލީކުވެގެން ނުރައްކާވާނެ ގޮތެއް ނުވިސްނުނު: ޝައިޚު ޒައިދު

ސަލާމަތަށް ނުރައްކަލެއް ނެތް އެގްރީމެންޓެއް ލީކުވެގެން ނުރައްކާވާނެ ގޮތެއް ނުވިސްނުނު: ޝައިޚު ޒައިދު

Author
ޢަލީ އާދަމް
18 މާރޗް 2021 02:26
0

ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް އެގްރިމެންޓެއް ވެއްޖެއްޔާ، އެ ލީކުވެގެން ޤައުމީ ސަލާމަތަށް ނުރައްކާވާންޖެހޭ އެއްވެސް ސަބަބެއް، ވިސްނާވިސްނާ ވެސް ނޭނގުނު ކުމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައި ދިވެހިންގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާނެ ފަދަ ކަންތައްތަކެއް ހުރިކަމަށް ބުނެ ގިނަ ބަޔަކު ކަނބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅުގައި ގައުމީ ދިފާއީ ބާރުގެ އެންމެ އިސް ޖެނެރަލުން ނުކުމެވަޑައިގެން މީޑިއާގެ ކުރިމަތީ، އެ އެއްބަސްވުން ދިފާއުކޮށް އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

މަކަމަށް އިޝާރާތްކޮށް ޝައިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ނުރައްކެލެއްނެތް އެގްރިމެންޓެއް ވެއްޖެއްޔާ، އެ ލީކުވެގެން ޤައުމީ ސަލާމަތަށް ނުރައްކާވާނެ ގޮތެއް ނޭނގުނު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާވެސް ޙިއްސާނުކުރެވޭ ވަރުގެ ބޮޑު ސިއްރަކަށް މިކަން ވާޖެހެ ސަބަބު ބުނެދިނުމަށް ޒައިދު ވަނީ އެދިވަޑައިގެންފައެވެ.

މި ކަމާ ގުޅޭގޮތުން ޒައިދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ސީދާ ރައްޔިތުންގެ މަޞްލަޙަތާ ގުޅުންހުރި، އަދި މިތާގެ ބިމާ މިނިވަންކަމާ އިސްތިޤްލާލާ ގުޅިފައިވާ ކަންކަމުގައި މަޢުލޫމާތު ހާމަނުކޮށް ހިފެހެއްޓުމަކީ ރަނގަޅުކަމެއް ކަމުގައި ނުދެކޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކަކީ މުއައްސަސާތަކުން އަހަންޖެހޭނޭ އެއްޗެއް ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާގެ އެންމެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ވިދާޅުވެލެއްވިކަމަށާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާނެފަދަ މާއްދާތަކެއް އެ އެގްރީމެންޓުގައި ނެތްކަމަށެވެ.

މިމައްސަލަ ހޫނުވެގެން އައީ ރާއްޖެއާއި އިންޑިއާ އާދެމެދު ވެފައިވާ އެއްބަސްވުން ކަމަށް ބުނެ އެއްބަސްވުމެއްގެ ކޮޕީއެއް މިދިޔަ ހޯމަ ދުވަހު އާންމުވުމާއި ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.