ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކަށް އައިސީޔޫގައި ފަރުވާދެނީ

ލ.ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކަށް އައިސީޔޫގައި ފަރުވާދެނީ

Author
މުޙައްމަދު ޖިމީ
14 މާރޗް 2021 07:33
0

ހައްދުންމަތީ ގަމުގައި ނުރައްކާތެރި އެކްސިޑެންތެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ. ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައ ތިން މީހަކަށް އަނިޔާވެފައިވެއެވެ. އަދި ސީރިއަސް އަނިޔާތަކެއްވެފައިވަނީ ދެ އަންހެނުންނަށްކަމަށް މަޢުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގަމު މުކުރިމަގު އަވަށުގައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 55 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ އަންހެނަކަށާއި، 32 އަހަރުގެ ބިދޭސީ ފިރިހެނަކަށްކަމަށެވެ. މިއ ެކްސިޑެންޓްގައި އަނިޔާވި55 އަހަރުގެ އަންހެންމީއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އޭނާގެ ޙާލު ސީރިއަސްކަަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާ މާލެ ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް ލ.ގަން ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވި ޢުމުރުން28 އަހަރުގެ އަންހެންމީހާގެ ކަރު ކަށިގަނެޑެއް މިންދައިގެން ގޮސްފައިވާކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓް އިތުރަށް ތަޙުގީގުކުރަމުންކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.