ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކޮށްފި

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކޮށްފި

Author
އިބްރާހީމް ސާޢިދު
09 މާރޗް 2021 10:53
0

ކޯވިޑް-19 ފެތުރޭތީ ގައުމުތަކުން ކަނޑައަޅާފައިވާ ކަރަންޓީނު ވުމުގެ އުސޫލުގައި ހުރި ކަންތައްތަކަށް ހައްލެއް ނުލިބުމުން މި މަހު ކުޅެން ތާވަލުކުރި ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ފަސްކުރަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.

އެ މެޗުތައް ފަސްކުރަން ކޮންމެބޯލް އިން ނިންމީ ކަރަންޓީނުވުމުގެ އުސޫލުތަކާ ހެދި ޔޫރަޕްގައި ކުޅޭ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިން ގައުމީ ޓީމުތަކަށް ރިލީސް ކުރަން ކްލަބްތަކުން ދެކޮޅު ހަދާތީ އެވެ.

މެޗުތައް ފަސްކުރި ނަމަވެސް ދެން ކުޅޭނެ ތާރީހެއް ކޮންމެބޯލް އިން އިއުލާނެއް ނުކުރެ އެވެ. ވޯލްޑް ކަޕް ކޮލިފައިންއަށް ފަހު އެނބުރި އައިސް ކްލަބާ ގުޅުމުގެ ކުރިން ކުޅުންތެރިން ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު އޮތުމުން ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރަން ދެކޮޅު ހަދާފައިވާ ކްލަބްތައް ނިސްބަތުން ވަރަށް ގިނަ އެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ޔޫރަޕުން ބޭރު ގައުމަކަށް ގޮސްފައި އެނބުރި އަންނަ ކޮންމެ މީހެއް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭ ގޮތަށް އުސޫލު ކަނޑައަޅައިފަ އެވެ.

ކޮންމެބޯލް އިން ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅެން ތާވަލުކުރީ މި މަހު 25، 26 އާއި 30 ވަނަ ދުވަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.