ފުވަށްމުލަކުން މަހަށް ފުރި ޑިންގީއެއްގެ ޙަބަރެއް ނުވެގެން ހޯދަންފަށައިފި

ފުވަށްމުލަކުން މަހަށް ފުރި ޑިންގީއެއްގެ ޙަބަރެއް ނުވެގެން ހޯދަންފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 12:17
0

ފުވަށްމުލަކުން މަހަށް ފުރި ޑިންގީއެއްގެ ޙަބަރެއް ނުވެގެން ހޯދަންފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ފުވަށްމުލަކުން ރޭ ފަތިހު 4:30 ހާއިރު މަހަށް ނިކުތް ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެ ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެމްންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ފަށައިފައިވާކަމަށެވެ. މި ޑިންގީގައި މަހަށް ނިކުމެފައިވަނީ ކިތައް މީހުން ކަމެއް އަދި މަހަށް ނިކުތީ ކޮން ދިމާލަކަށް ކަމެއް އަދި އެގިފައި ނުވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެެއެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މި ޑީންގީ އިން މަހަށްދިޔަ މީހެއްގެ އާއިލާގެ ފަރާތުން މިއަދު 10:40 ހާއިރުކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މި ޑިންގީއަކީ ހުދު ކުލައިގެ ދަވާދު ލައި، ރަތް ފަށެއް ދަމާފައިވާ22 ފޫޓު ގެ ޑިންގީއެއްކަމަށް މައުލޫމާ ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ހެލިކޮޕްޓަރާއި، ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ އިތުރުން ސީ އެމްބިއުލާންސްވެސް ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.